ދެންމެ ގަނެގެން އައި އާފަލުވެސް ނިކަން ގާތުން ބާލަލަބަލާށެވެ. ކުދިކުދި ލޯވަޅުތަކެއް ޒާތުގެ ލައްތަކެއް ނުވަތަ ތިކިތަކެއް ފާހަގަކުރެވޭނެއެވެ. އެއީ އާފަލަށް ބައްޔެއް ޖެހިގެން ދިމާވި ގޮތެއް ކަމުގައި ހީވިނަމަ އެއީ އަދި މުޅިން ރަނގަޅު ހީއެއް ނޫނެވެ. ތިކިތަކެއްފަދަ މި ލޯވަޅުތަކަކީ، އާފަލުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ތިކިތަކެކެވެ. މިއީ ލެންޓިސެލްސްއެވެ.

ލެންޓިސެލްސްއަކީ އަފަލުގެ އިތުރުން ޕެއާޒްއާއި އަލުވި ފަދަ މޭވާއާއި ތަރުކާރީގައިވެސް ހުންނަ އެއްޗެކެވެ. ލެންޓިސެންލްސްއަކީ ތަރުކާރީއާއި މޭވާ "ނޭވާލުމަށް" ބޭނުންވާ ކާބަންޑައިއޮކްސައިޑް އެތެރެކުރުމަށްފަހު އޮކްސިޖަން ބޭރުކުރުމަށް ބޭނުންކުރާ ލޯވަޅުތަކެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ލެންޓިސެލްސް ބޭރަށް ފާޅުވާން ފަށާ ގިނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި އާފަލު ހެއްދި ވެއްޓާ، އެކި ބަލިބައްޔާ، ތަފާތުއެކި ސޫފާސޫފީގެ އިތުރުން އެ އާފަލުގެ "ނަފުސާނީ" ދުޅަހެޔޮކަމާވެސް މިކަން ގުޅޭކަމަށްވެއެވެ. މި ގޮތަށް ޖަހާ ގިނަ ލައްތަކަކީ މޭވާ ބިނަންވާއިރު ނޫނީ ނުވެސް ފެންނަ ލައްތަކެކެވެ.

އާފަލުތަކެއްް/ފޮޓޯ: ކްރޮސްކަޓް

ލެންޓިސެލްސްއަކީ ތަފާތު ބަލިތަކާ އިންފެކްޝަންތަކަށް ހުށަހެޅޭ އެއްޗެކެވެ. މި ލައްތައް އަނިދިރިވެ، އާފަލުގެ ބޭރަށް ފާޅުވާން ހުންނަ ކުލަ ފީވާ ޒާތަކަށް ބަދަލުވާން ފަށަނީ މިފަދަ ކަމެއްގެ ސަބަބުންނެވެ. ނަމަވެސް އޭރުވެސް އާފަލުގެ އެތެރެ ހަމަ ރަނގަޅުވާނެ ކަމަށް ބުނެއެވެ.

ލެންޓިސެލްސް ބޭރަށް ފާޅުވާން ހުރުމަކީ، އެފަދަ އާފަލެއްގެ ކައިގެން އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާނެ ކަމެއް ނޫންކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ.