ބޭނުންވާ ތަކެތި
- 4 ޗިކަން ބްރެސްޓް (ހަން އަދި ކަށި ނެތް)
- 1 ރަތް ފިޔާ (ކޮށާފަ)
- 1 ލެޓިއުސް (ކޮށާފަ)
- 6 ޗެރީ ޓޮމާޓޯ (ކޮށާފަ)
- 8 އައުންސް ރޮޓިނީ ޕާސްޓާ
- 8 އައުންސް މޮޒެރެއްލާ ޗީޒް
- ސްޓީކް ސީޒަނިން
ތައްޔާރު ކުރާނެ ގޮތް
ސްޓީކް ސީޒަނިންއާ އެކު ކުކުޅު ކަމީރު ކޮށްލާށެވެ. އެކަން ހިނގަމުންދާ އިރު ގްރިލް ހުންނަން ވާނީ ޖައްސާފައެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ގްރިލް ދޮންކޮށްލުމަށް (ހޫނު ކޮށްލުމަށް) ޖައްސާފައި ބަހައްޓަން ޖެހޭނެއެވެ. ދެން ގްރިލްގެ ދޮރުގައި ވަރަށް ތުނިތުނިކޮށް ތެޔޮކޮޅެއް ހާކާލުމަށް ފަހު ކުކުޅު ކޮޅު ލާފައި ހައެއްކަ މިނެޓް ބަހައްޓާށެވެ. އެއީ ކުކުޅުކޮޅު ހޫނުވެލައި އޭގައި ހުރި ދިޔަފޮދު ނެރެލުމަށްޓަކައެވެ. ބޭނުމިއްޔާ ފެށުން ޖަހަމުންވެސް ގެންދެވިދާނެއެވެ. މުޅިން ރޯފިލުވުމަށްޓަކައި 35-45 މިނެޓް ގްރިލް ކުރަން ޖެހޭނެއެވެ.
އެގަޑީގައި ޕާސްޓާ ކޮޅު ކައްކަން އުދާށެވެ. އަށެއްކަ މިނެޓް ވާންދެން ކައްކާލާގައި (ރޯފޮލުވާފައި) ނަގާ ފިނިވަންދެން ބަހައްޓާށެވެ. ދެން ބޮޑު ތަށްޓެއްގައި ލެޓިއުސްއާއި ޗީޒް އަދި ފިޔާ އަދި ޓޮމާޓޯ އަޅާ ސެލެޑްގަނޑެއް ހަދާލާށެވެ. ދެން ގްރިލްގައި ތައްޔާރު ވި ކުކުޅާ، ޕާސްޓާ ތަށިތަށްޓަށް އަޅާ ސެލަޑާއެކު މޭޒުމައްޗަށް ކާން ތަޔާރު ކުރާށެވެ.