ލޯކަލް މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު 36 ރުފިޔާއަށް އުފުލިއްޖެއެވެ.
ރަމަޟާން މަސް ފެށުނު އިރު ކަރާ ކިލޯއެއްގެ އަގު 40 ރުފިޔާއާ 45 ރުފިޔާއާ ދެމެގުގެ އަގުތަކެއްގައި ހުރުމަށްފަހު ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ކަރާ ކިލޯއެއްގެ އަގު ހުރީ 20 ރުފިޔާއަށް ދަށްވެފައެވެ. އެހެން ނަމަވެސް އަނެއްކާވެސް މިވަނީ ރަމަޟާން މަސް ފެށުނު އިރު ކަރާ ކިލޯއެއްގެ އަހު ހުރި ވަރާ ދާދި އެއްވަރަކަށް އަގު އުފުލިފައެވެ.
ރަމަޟާން މަހު ބާޒާރަށް އެންމެ ގިނައިން ކަރާ އެތެރެ ކުރާ ތޮއްޑޫ އިން ވަނީ ރޯދަ މަސް ފެށުނު އިރު 30 ޓަނުގެ ކަރާ މާލެ އެތެރެ ކޮށްފައެވެ. އަދި ރޯދަ މަހުގެ ފުރަތަމަ 10 ދުވަސް ނިމިގެން ދިޔަ އިރު ތޮއްޑޫއިން ކަރާ ގެންނަން އުނދަގޫ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. ނަމަވެސް ފުރަތަމަ 10 ދުވަސް ނިމިގެން ދިޔައިރު 30 ރުފިޔާއަށް ވިއްކަމުން ދިޔަ ކަރާ ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާއަށް ދަށަށް ގޮސްފައެވެ.
ރަމަޟާން މަހަށް ތޮއްޑޫގެ އިތުރުން، އިންޑިއާއިން އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުންވެސް ކަރާ އެތެރެ ކުރެއެވެ. ނަމަވެސް ހުރިހާ ތަނަކުން އެތެރެ ކުރާ ކަރާވެސް މާރުކޭޓުން ވިއްކަމުން ދަނީ ދާދި އެއް ރޭޓެއްގައެވެ.
ރަމަޟާން މަހު ދިވެހިންގެ ތެރޭ އެންމެ މަގްބޫލު އެއް މޭވާއަކީ ކާރާ ކަމަށްވާއިރު ކަރާގެ އަގުތައް އުފުލުމަކީ ގިނަބަޔަކު އެކަމުގެ ޝަކުވާ ކުރާ ކަމެކެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކަރާގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.