ޒަވާޖީ ހަޔާތަކަށް ފެށުމުން ބައެއް މީހުންނަށް ކުރިމަތިލާންޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލޯބިވެރިޔާ އެހެން މީހެއްގެ ގާތަށް ހިނގައިދާނެތީ އެ ހުރަސް ކުރަންޖެހޭ ނުތަނަވަސްކަމުގެ ކަނޑުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކެއް އެކަންޏެއް ނޫނެވެ. ޅިޔަން ފަހަރިންނާ، ބަފާބެއާއި މައިދައަކީ ބައެއް މީހުންނަށް ހުރި ވަރުގަދަ އިމްތިހާނެކޭވެސް ބުނެވިދާނެއެވެ. މިކަން ބޮޑުވެގެން ގޮސް، އެކަމަށް އާދަޔާ ހިލާފު ހައްލެއް ހޯދި އެކަކީ ޗައިނާގެ ޒުވާނެކެވެ.

މިޒުވާނާ ބުނާ ގޮތުގައި އޭނާގެ ބަފާބެއާއިއެކު ކޮންމެވެސް ވަރަކަށް އުޅެވުނު ނަމަވެސް މައިދާތައާއިއެކު އެންމެ ހިނދުކޮޅަކުވެސް ކެތެއް ނުކުރެވެއެވެ. އެކަމަށް ހައްލެއް ހޯދަމުން ގޮސް، ފެނުނު ހަމައެކަނި ހައްލަކީ ފައިދިގު މަކުނު ކަމަށް އެ ޒުވާނާ ބުނެއެވެ.

ޒުވާނާގެ މައިދާތައަކީ ފައިދިގު މަކުނު ދެކެ އިންތިހާއަށް ބިރުގަންނަ މީހެއްކަން އެނގުނު ހިސާބުން، މި ޒުވާނާ އޮޅުކޮށްގެން ގުޅޭ ފައިދިގު މަކުނެއް އަބަދުވެސް އޭނާގެ ގޭގައި އޮވެއެވެ. މި ޒުވާނާ އޮޅުކޮށްގެން ގެންގުޅެ ޓްރޭންޗުލާއޭ ކިޔާ ޒާތުގެ ފައިދިގު މަކުނެކެވެ.

ގެއަށް ފައިދިގު މަކުނު ވެއްދީ އަނބިމީހާގެ ރުހުމާވެސް އެކުގައެވެ. ނަމަވެސް، އެއީ ކީއްވެގެން ގެއަށް ގެންނަ ފައިދިގު މަކުނެއްކަން އޮތީ ސިއްރުކޮށްފައެވެ. ކޮންމެއަކަސް، އެ ފައިދިގު މަކުނެއް ގެނައި ފަހުން މައިދާތަގެ "އުނދަގޫ" މަދުން ނޫނީ ނުޖެހޭ ކަމަށް މި ޒުވާނާ މިހާރު ދަނީ ބުނަމުންނެވެ.