16. ރޯދަވެރިޔާއަށް ﷲގެ ޙަޟްރަތުގައި ޚާއްޞަ ދަރަޖައެއްވޭތޯ؟

ރޯދަވެރިނަށް ޓަކައި ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި ވެއެވެ. އެދޮރުކޮޅުގެ ނަމަކީ "އައްރައްޔާން" އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ) البخاري ( 1763 ) ومسلم ( 1947 ) މާނައަކީ: "ހަމަކަށަވަރުން ސުވަރުގޭގައި "އައްރައްޔާން" އޭ ކިޔުނު ދޮރުކޮޅެއްވެއެވެ. ގިޔާމަތް ދުވަހުގައި އެދޮރުކޮޅުން ވަންނަ ހުށީ ރޯދަވެރިންނެވެ. އެނޫން އެއްވެސް ބަޔަކު އެދޮރަކުން ނުވަންނާނެއެވެ. ބުނެވޭނެއެވެ. "ރޯދަވެރިން ކޮބައި ހެއްޔެވެ؟ އެހިނދު ރޯދަވެރިން ތެދުވާނެއެވެ. އެނޫން ބަޔަކު އެދޮރުން ސުވަރުގެ އަކަށް ނުވަންނާނެއެވެ. އެމީހުން ވަދެ ނިމުމުން އެދޮރު ބަންދު ކުރެވޭނެއެވެ. އިތުރަށް އެއްވެސް މީހަކަށް ނުވަދެވޭނެއެވެ." والله أعلم

17. ފަރުޟު ރޯދަ ފިޔަވައި، ރޯދަ ހިފޭނެ އެންމެ ގިނަ މިންވަރަކީ ކޮބައިތޯ؟

ކޮންމެ ހަފްތާއެއްގެ ހޯމަ ބުރާސްފަތި ދެދުވަހު ރޯދަ ހިފުމާއި، ހަނދުމަހުން ތިންދުވަހު ރޯދަ ހިފުމާއި އަޅާ ކިޔާނަމަ ބުނެވޭނީ ކޮންމެ ހަފްތާއަކު ދެދުވަހު ރޯދަ ހިފުން މާތްކަން ބޮޑު ކަމަށެވެ. ސަބަބަކީ ހަފްތާއަކު ދެދުވަހު ރޯދަ ހިފައިފިމީހާ މަހަކު 8 ދުވަހު ރޯދަ ހިފައިފިއެވެ. އެގޮތުން ހަނދުމަހުގެ ތިންދުވަހުވެސް ރޯދަ ހިފުނީއެވެ. ހަނދުމަހުގެ ތިންދުވަހުގެ ރޯދަ އަކީ މަހުގެ ކުރީކޮޅުންވެސް އަދި މެދުތެރެއިންވެސް، އަދި ފަހަތުކޮޅުންވެސް، ވިދިވިދިގެންވެސް އަދި ވަކިވަކިންވެސް ހިފިދާނެ ރޯދައެކެވެ. އެހެންނަމަވެސް އެންމެ އައުލާކަން ބޮޑު ގޮތަކީ ކޮންމެ ހަނދުމަހެއްގެ 13،14،15 ތިން ދުވަހު ވިދިވިދިގެން ރޯދަ ހިފުމެވެ.


ތިރީގައި މިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދެދުވަހު ރޯދަ ހިފުމާ ބެހޭ ގޮތުން އައިސްފައިވާ ބައެއް ހަދީޘްތަކެވެ.
1. عَنْ أَبِى قَتَادَةَ الأَنْصَارِىِّ عَنِ النَّبِىِّ -صلى الله عليه وسلم- قَالَ لَهُ رَجُلٌ : يَا رَسُولَ اللَّهِ صَوْمُ يَوْمِ الاِثْنَيْنِ؟ قَالَ :« فِيهِ وُلِدْتُ ، وَفِيهِ أُنْزِلَ عَلَىَّ الْقُرْآنُ ». މާނައަކީ: މާތްﷲ ރުއްސުންލެއްވި އަބޫ ގަތާދަތުލް އަންޞާރީގެ ކިބައިން ރިވާވެގެންވެއެވެ. ހޯމަ ދުވަހު ރޯދަ ހިފުމާ ބެހޭ ގޮތުން މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލުކުރިއެވެ. ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު އުފަންވެވަޑައިގަތީ އެދުވަހުގައެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ގުރްއާން ބާވާލެއްވުނީވެސް އެދުވަހުގައެވެ."
2. وعن عائشة رَضِيَ اللهُ عنها ، قالت : كَانَ رسولُ الله - صلى الله عليه وسلم - يَتَحَرَّى صَومَ الإثْنَيْنِ وَالخَمِيس) މާނައަކީ: މާތްﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދަ ހިއްޕެވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަދައަޅުއްވާ މަސައްކަތް ކުރެއްވިއެވެ."
3. وعن أَبي هريرة - رضي الله عنه - ، عن رسول الله - صلى الله عليه وسلم - ، قَالَ : (( تُعْرَضُ الأَعْمَالُ يَومَ الإثْنَيْنِ وَالخَمِيسِ ، فَأُحِبُّ أنْ يُعْرَضَ عَمَلِي وَأنَا صَائِمٌ )) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކޮންމެ ހޯމަ ބުރާސްފަތި ދެދުވަހުގައި އަޅުތަކުންގެ ޢަމަލުތައް މާތްﷲ ގެ ޙަޟްރަތަށް އުފުއްލަވައެވެ. ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ޢަމަލުތައް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ."


23. ކޮންމެ ހަނދުމަހެއްގެ ތިންދުވަހު ރޯދަހިފުމަށް ބާރުއަޅުއްވާ އައިސްފައިވަ ބައެއް ޙަދީޘްތައް:
1. عَنْ أَبِى هُرَيْرَةَ قَالَ : أَوْصَانِى خَلِيلِى -صلى الله عليه وسلم- بِثَلاَثٍ : بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَرَكْعَتَىِ الضُّحَى ، وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ). މާނައަކީ: މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. "ތިމަންކަލޭގެ ފާނުގެ ޚަލީލު (ގާތް ރަޙްމަތްތެރިޔާ) ތިންކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ ހަނދުމަހެއްގެ ތިންދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމަށާއި، ނިދަން އޮށޯތުމުގެ ކުރިން ޟުޙާ ނަމާދު ކުރުމަށެވެ."
2. عَنْ مُعَاذَةَ الْعَدَوِيَّةِ : أَنَّهَا سَأَلَتْ عَائِشَةَ رَضِىَ اللَّهُ عَنْهَا أَكَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَصُومُ مِنْ كُلِّ شَهْرٍ ثَلاَثَةَ أَيَّامٍ؟ قَالَتْ : نَعَمْ. قُلْتُ : مِنْ أَىِّ أَيَّامِ الشَّهْرِ كَانَ يَصُومُ ؟ قَالَتْ : مَا كَانَ يُبَالِى مِنْ أَىِّ الشَّهْرِ كَانَ يَصُومُ). މާނައަކީ: މާތްﷲ ރުއްސުންލެއްވި މުޢާޛަތުލް ޢަދަވިއްޔާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ އުއްމުލް މުއިމިނީނަ ޢާއިޝާ- ރަޟިޔަﷲ ޢަންހާ- އާއި ސުވާލުކުރެއްވިއެވެ. "ކޮންމެ މަހެއްގެ ތިންދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވިހެއްޔެވެ؟" ޢާއިޝާ ވިދާޅުވިއެވެ. "އާއެކެވެ". މުޢާޛާ ވިދާޅުވިއެވެ. "އެކަލޭގެފާނު ރޯދަ ހިއްޕަވަނީ ކޮން މަހެއްގައިތޯއެވެ؟"، ޢާއިޝާ ވިދާޅުވިއެވެ. "ކޮންމެ މަހެއްގެވެސް ތިންދުވަހު ރޯދަ ހިއްޕަވައެވެ".


3. މާތް ﷲ ރުއްސުންލެއްވި އަބޫ އަބާޛައްރުގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا صُمْتَ شَيْئًا مِنْ الشَّهْرِ فَصُمْ ثَلَاثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ ) މާނައަކީ: "ރޯދައެއް ހިފާނަމަ ކޮންމެ މަހެއްގެ ތޭރަ، ސާދަ، އަދި ފަނަރަވަނަ ދުވަހު ރޯދަ ހިފާހުށި ކަމެވެ."

ކޮންމެ މަހެއްގެ ތިންދުވަހު ރޯދަ ހިފުމަކީ ވަރަށް ތަނަވަސް ވެގެންވާ ކަމެކެވެ. އެންމެ މޮޅުގޮތަކީ ކޮންމެ މަހެއްގެ ތޭރަ، ސާދަ، ފަނަރަ ތިންދުވަހު ރޯދަ ހިފުމެވެ. ނަމަވެސް، މަހުގެ ކުރީކޮޅުން ތިންދުވަހު ހިފިޔަސް، އަދި މެދުތެރެއިން ހިފިޔަސްވެސް، އަދި ފަހަތުކޮޅުން ހިފިޔަސްވެސް މައްސަލަ އެއް ނެތެވެ. މިކަމުގެ ދަލީލަކީ އުއްމުލް މުއިމިނީނަ ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވާ ރިވާޔަތެކެވެ. އެކަމަނާ ވިދާޅުވިއެވެ. (كان النبي صلى الله عليه وسلم يصوم من كل شهر ثلاثة أيام ، لا يبالي أصامها من أوله ، أو آخر الشهر) މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ މަހެއްގެ ތިންދުވަހު ރޯދަ ހިއްޕަވައެވެ. މަހުގެ ކުރީކޮޅުގައިވެސް ހިއްޕަވައެވެ. މެދުތެރެއިންވެސް ހިއްޕަވައެވެ. އަދި ފަހަތުކޮޅުންވެސް ހިއްޕަވައެވެ". والله أعلم