5. ޝަޢުބާން މަސް ދެބައިވުމަށްފަހު ރޯދަ ހިފުމަކީ ކޮންކަަހަލަ ކަމެއްތޯ؟

روى أبو داود (3237) والترمذي (738) وابن ماجه (1651) عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( إِذَا انْتَصَفَ شَعْبَانُ فَلا تَصُومُوا ) . صححه الألباني في صحيح الترمذي އަބޫދާވޫދާއި ތިރްމިޛީ އަދި އިބްނުމާޖާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ޝަޢްބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ". މި ޙަދީޘް އަކީ ޝައިޚް އަލްބާނީ ޞައްޙަ ކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.

މިޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ދެބައިވުމުން ރޯދަހިފުން މަނާވެއްޖެ ކަމެވެ. މާނައަކީ ޝަޢްބާން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރޯދަ ހިފުން މަނާ ވުމެވެ.

ނަމަވެސް ބައެއް އެހެން ރިވާޔަތް ތަކުގައި ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުން ހުއްދަވާނެ ކަން ދޭހަވާގޮތަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި:
ما رواه البخاري (1914) ومسلم (1082) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلا يَوْمَيْنِ إِلا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ) ބުޚާރީ އާއި މުސްލިމް ރިވާ ކުރައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކުރިން ރޯދަ ހިފަމުން އައި މީހަކު ފިޔަވާ އެހެން މީހުން ރަމަޟާން މަހުގެ ކުރިން އެއްދުވަސް ނުވަތަ ދެދުވަހު ރޯދަ ނުހިފާ ހުށި ކަމެވެ".

މި ޙަދީޘް އިން ދޭހަވަނީ ޢާއްމު ކޮށް ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުމަކީ ހުއްދަ ކަމެއް ކަމެވެ. މިޘާލަކަށް ކޮންމެ ހޯމަ ބުރާސްފަތި ދެދުވަހު ރޯދަ ހިފާ މީހަކު، ނުވަތަ ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅެވެ".
وروى البخاري (1970) مسلم (1156) عن عَائِشَةَ رَضِيَ اللَّهُ عَنْهَا قالت : ( كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَعْبَانَ كُلَّهُ ، يَصُومُ شَعْبَانَ إِلا قَلِيلا ) ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. "ޝަޢްބާން މަހު އެއްކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވިއެވެ. ޝަޢްބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ".

މި ޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅު ކަމެވެ.
އިސްވެދިޔަ ޙަދީޘް ތަކުގެ އަލީގައި އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޢާދަ ވެގެން ރޯދަ ހިފާމީހަކު ފިޔަވާ އަދި ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ފިޔަވާ ޝަޢްބާން މަސް ދެބައިވުމުން ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ". والله أعلم


15. އެހެން އަޅުކަންތަކަށްވުރެ ރޯދަ ޚާއްޞަ ކުރައްވާފައިވުމުގެ ޙިކުމަތަކީ ކޮބައިތޯ؟

روى البخاري (1761) ومسلم (1946) عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( قَالَ اللَّهُ : كُلُّ عَمَلِ ابْنِ آدَمَ لَهُ إِلا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ . . . الحديث ) . މާނައަކީ: އިމާމް ބުޚާރީ އާއި މުސްލިމް، މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާ ކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. "އާދަމްގެ ދަރިޔާގެ ކޮންމެ ޢަމަލެއްވަނީ އޭނާ އަށެވެ. ރޯދަ ފިޔަވައެވެ. އެރޯދަ ވަނީ ތިމަން ﷲ އަށެވެ. އެރޯދަ އަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ."
ހުރިހާ ހެޔޮ ޢަމަލުތަކެއް ވަނީ ﷲ އަށެވެ. އަދި އެޢަމަލުތަކަށް ހެޔޮ ޖަޒާ ދެއްވަނީވެސް ﷲ އެވެ. މި ޙަދީޘްގައި ރޯދަ ޚާއްޞަ ކުރެވިފައިވާ ސަބަބާ މެދުގައި ތަފާތު ގޮތްތަކަށް ޢިލްމުވެރިން ވާހަކަ ދައްކަވައެވެ. މިގޮތުން އިބްނު ޙަޖަރު- ރަޙިމަހުﷲ- ވަނީ ރޯދަ ޚާއްޞަ ކުރެވުނު އެތައް ގޮތްތަކެއް ބަޔާން ކުރައްވާފައެވެ. އޭގެ ތެރޭގައި:


1. ރޯދަ އަކީ އެހެނިހެން އަޅުކަންތަކާއި ތަފާތުކޮށް އޭގެ ތެރެއަށް ދެއްކުންތެރިކަން ވަންނާނެ ކަމެއް ނޫނެވެ. އިމާމް ގުރްޠުބީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ހުރިހާ ޢަމަލުތަކަކީވެސް ދެއްކުންތެރިކަން ވަދެދާނެ ކަމެކެވެ. ނަމަވެސް ރޯދަވެރިޔާ އަމިއްލަ އަށް ބުނުމުން ފިޔަވާ އެހެން އެއްވެސް އިންސާނަކަށް އޭނާ ހުރީ ރޯދަ އަށް ކަމެއް ނޭނގޭނެއެވެ. އެހެންކަމުން ރޯދަ ޚާއްޞަ ކުރެއްވުނީއެވެ.


2. (ރޯދަ އަށް ޖަޒާ ދެއްވާހުށީ ތިމަން ﷲ އޭ) އޮތް ބަސްފުޅުގެ މުރާދަކީ އެރޯދަ އަށް ޘަވާބު ދެއްވާނެ މިންވަރާއި ޘަވާބު އިތުރު ކުރައްވާނެ މިންވަރު ހަމައެކަނި ދެނެވޮޑިގެންވާ ފަރާތަކީ ﷲ އެވެ. އިމާމް ގުރްޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ހުރިހާ ޢަމަލުތަކެއްގެ ވެސް ޘަވާބު ދެއްވާނެ މިންވަރާއި އެޘަވާބު އިތުރު ކުރައްވާނެ މިންވަރު ﷲ ތަޢާލާ ވަނީ ބަޔާން ކޮށް ދެއްވާފައެވެ. ރޯދަ ފިޔަވައެވެ. ރޯދަ އަށް ޘަވާބު އިތުރު ކުރައްވާނެ މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. މިވާހަކަ އަށް ހެކި ލިބެނީ އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ އަންނަނިވި ރިވާޔަތުންނެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ ، قَالَ اللَّهُ عَزَّ وَجَلَّ : إِلا الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އާދަމުގެ ދަރިޔާގެ ހުރިހާ ހެޔޮ ޢަމަލުތަކެއްގެ ދަރުމަ އާއި ޘަވާބު ދިހަ ގުނަ އިން ހަތްދިހަ ގުނައަށް އިތުރު ކުރައްވައެވެ. ﷲ ވަޙީ ކުރެއްވިއެވެ. "ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން އެރޯދަ ވަނީ ތިމަން ﷲ އަށެވެ. އެރޯދަ އަށް ޖަޒާ ދެއްވާނީ ތިމަން ﷲ އެވެ." މާނައަކީ: ވަކި މިންވަރެއް ނެތި އެކަމަށް ޖަޒާ ދެއްވުމެވެ. މިއީ ކެތްތެރިންނާއި މެދުގައިވެސް ވަޙީ ކުރައްވާފައިވާ ގޮތެވެ. ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يُوَفَّى الصَّابِرُ‌ونَ أَجْرَ‌هُم بِغَيْرِ‌ حِسَابٍ) މާނައަކީ: "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ."


3. (ރޯދަ ވަނީ ތިމަން ﷲ އަށެވެ) އޮތް ބަސްފުޅުގެ މުރާދަކީ ރޯދަ އަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުކަމެވެ. އަދި އެންމެ އިސްކަމެއް ދެވިގެންވާ އަޅުކަންވެސް މެއެވެ.


ރޯދަ ﷲ އަށް ނިސްބަތް ކުރައްވާފައި ވުމުގެ ޙިކްމަތަކީ ރޯދައިގެ މާތް ކަމާއި މަތިވެރިކަން ބަޔާން ކުރެއްވުމެވެ. والله أعلم