ލަންކާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތަކުގައި މަރުވި މީހުންނާއެކު އެ ހަމަލާ ދިނުމުގައި ބައިވެރިވި ހައްދު ފަހަނަ އަޅައިފައިވާ މީހުންގެ ހަށިތައް ވަޅުނުލުމަށް ސްރީ ލަންކާގެ މެއިން އިސްލާމިކް ކްލެރިކް އެސޯސިއެޝަން (އޭ.ސީ.ޖޭ.ޔޫ) ގެ އިން ގޮވާލައިފިއެވެ. (އޭ.ސީ.ޖޭ.ޔޫ) އިން ބުނެފައިވަނީ "މަރުވި މައުސޫމް ރައްޔިތުންނަށް ހަމަލާދިން މީހުންނަކީ އަހަރުމެންގެ ތެރެއިންވާ ބައެއް ނޫން" މިހެންނެވެ. އެހެން ކަމުން އެމީހުން، މަރުވި ލަންކާގެ ރައްޔިތުންނާއެކު ވަޅު ނުލުމަށް (އޭ.ސީ.ޖޭ.ޔޫ) އިން ވަނީ ގޮވާލައިފައެވެ

މީގެ އިތުރުން ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ހައްދުފަހަނަ އަޅައިފައިވާ ބައެއް ކަމަށް އެކި ފާރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މިހަމާލާތައް ދިން މީހުންގެ ތެރެއިން 24 މީހަކު މިހާތަނަށް ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މިހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެހެން މީހުންނާއި ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ހޯދުމުގެ މަސަތްކަތް ލަންކާގެ ދިފާއީ ބާރުތަކުން ދަނީ ކުރަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ފުލުފުލުގައި ދިން ބޮމުގެ ހަމަލާތަކުގައި އެގައުމުގެ 300 އަށްވުރެ ގިނަ ރައްޔިތުން ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ވަނީ މި ހަމަލާތަކުގައި ޒަހަމް ވެފައެވެ.