ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ އިންޑަސްޓްރިއަލް ވިލެޖްގައި ޕެޓްރޯލް ޝެޑެއް ހުޅުވައިފިއެވެ.

މިއަދު "އެފްއެސްއެމް އިސީފިލް 4" ގެ ނަމުގައި ހުޅުވި ޕެޓްރޯލް ޝެޑަކީ ވަގުތީ ގޮތުން ހުޅުވި ޕެޓްރޯލް ޝެޑެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަދުން ފެށީގެން އެފްއެސްއެމް އިސީފިލް 4 އިން ހަފްތާގެ ހުކުރު ދުވަސް ނޫން އެހެން ހުރިހާ ދުވަހަކު ހެނދުނު އަށަކުން ރޭގަނޑު އެގާރައަށް ހިދުމަތް ލިބޭނެއެވެ. އަދި ހުކުރު ދުވަހު މި ޕެޓްރޯލް ޝެޑުން ހިދުމަތް ލިބޭނީ މެންދުރު ދޭކުން ފެށިގެން ރޭގަނޑު އެގާރައަށެވެ. އަދި މި ޝެޑްގެ ލިދުމަތް ކޮންމެ ނަމާދު ގަޑިއަކާއި ދިމާކޮށް 20 މިނިޓަށް ކަނޑާ ލެވޭނެ ކަމަށް އެފްއެސްއެމް އިން ބުނެއެވެ.

އެފްއެސްމެ ހަތަރުވަނަ ޝެޑް މިއަދު ހުޅުވިއިރު، މި ޝެޑްތަކުން ޑީސެލް ލީޓަރެއްގެ އަގު އުޅެނީ 10 ރުފިޔާ 89 ލާރި އަށެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ 10 ރުފިޔާ 19 ލާރިއަށެވެ.