ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ގެ މައްސަލައިގެ ޝަރީއަތް މާދަމާ ކުރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލު ކޮށްފި އެވެ.

ޔާމީން ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހުން ދައުވާ އުފުލާފައި ވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގައެވެ.

މި މައްސަލައިގެ ފުރަތަމަ އޮތް އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށާއި ޔާމީން ގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ވަނީ އަމުރުކޮށްފައެވެ. އެކަމަކު މި ރައީސް ޔާމީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކުރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލު ކޮށްފައެވެ.

ޔާމީން ގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މާދަމާ އޮންނާނީ އިޖުރާއަތުތައް ފުރިހަމަ ކުރުމެވެ. އެ އަޑު އެހުން ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ.