ވިލިމާލޭގައި އިމާރާތް ކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

ވިލިމާލޭގައި މި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސްގެ އިތުރުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓާ އަހުމަދު ޒާހިރު އަލީވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު، އެ މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާއަތުގައި ރައީސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މަސްޖިދުލް ބިއްރި އަކީ އެންމެ ޒަމާނީ ފެންވަރަށް އިމާރާތް ކޮށްފައިވާ މިސްކިތެކެވެ. އަދި މި މިސްކިތް އިމާރާތް ކޮށްފައިވަނީ އެއްހާސް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށެވެ.

މިއީ އަމީން ކޮންސްޓްރަކްޝަންގެ އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބިނާ ކުރި މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.