މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މެންދުރު 12 އާ ހަމައަށް 71،842 މީހުން ވޯޓު ލައިފިއެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 31،425 އަންހެނުންނާއި 40،417 ފިރިހެނުންނެވެ. މިއީ ވޯޓުލުުގެ ހައްގު ލިބިގެންވާ 264،442 މީހުންގެ ތެރެއިން 27.1 ޕަސެންޓް މީހުންނެވެ. އަދި މިހާތަނަށް 72.83 ޕަސެންޓް މީހުން ވޯޓު ނުލައެވެ. މި އަދަދުތައް ދަނީ މިހާރުވެސް އިތުރުވަމުންނެވެ. މި އިންތިހާބުގައި ވޯޓުލާން ހަމަޖެހިފައިވާ 501 ވޯޓު ފޮށްތަށް ވޯޓުލުން ކުރިއަށް އެބަދެއެވެ.

މި އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވާއިރު، މާލޭގައި ބަހައްޓާފައި ވަނީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބަހައްޓާފައި އިރު ރާއްޖޭން ބޭރުގައި ބަހައްޓާފައި ވަނީ އަށް ވޯޓު ފޮށްޓެވެ.

މާލޭގައި ބެހެއްޓި 144 ވޯޓު ފޮށިން މާލޭ މީހުން ވޯޓުލުމަށް ބަހައްޓާފައި ވަނީ 37 ވޯޓުފޮށްޓެވެ. ބާކީ ހުރި 101 ވޯޓުފޮށްޓަކީ މާލޭގައި އުޅޭ އަތޮޅުތެރޭގެ ރައްޔިތުން ވޯޓުލާން ބަހައްޓާފައިވާ ވޯޓުފޮށްޓެވެ.