މަރުވެފައިވާ މީހުންނާ ބެހުމަކީ ކެންޑިޑޭޓުންގެ ކުފޫ ހަމަނުވާ ކަމުގެ ހެއްކެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންނަކީ ބަސްމަގު ރިވެތި އަހްލާގު ރަނގަޅު ބަޔަކަށް ވާން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވުމާ ގުޅިގެންނެވެ.
ރުކުމާ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ޑރ. އިޔާޒްގެ ވާހަކަތަކަށް ތާއީދުކުރާ ކަމަށާއި، ވާދަވެރިއަކު އަޅުގަނޑުގެ ބައްޕައާއި ބެހި ހުތުރު ބަހުން މުއާމަލާތް ކުރުމަކީ ކުރިމަތި ލައިގެން ހުރި މަގާމަށް ކުފޫ ހަމަނުވާ ކަމުގެ ހެއްކެއް ކަމަށެވެ.
ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލާ ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި އެދާއިރާގެ މެންބަރު ރުކުމާ އާއި ހިޔާލު ތަފާތުވެ ޓްވީޓާގައި އެކަކު އަނެކަކަށް ވަނީ ބަހުގެ ހަމަލާތައް ދީފައެވެ.
ރުކުމާގެ ޓްވީޓުގައި ވިދާޅުވީ ސިޔާސީ ފިކުރު ތަފާތު ވެގެން އެއްވެސް މުވައްޒިފަކަށް ބިރު ނުދެއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އަނދުން ހުސެން ދަނީ ހެންވޭރު ދެކުނުގެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމްތަކަށް ބިރުދައްކަމުން ކަމަށެވެ.
މިއަށް ރައްދު ދެއްވަމުން ހުޅުމާލެއިން ރޯ ހައުސް ގަތީ ބައްޕަ ސިފައިންގެ ވެއިޓަރަކަށް އުޅުނު އިރު ލިބުނު މުސާރައިންތޯ ބުނެ ރުކުމާ އަށް އަމާޒުކޮށް އަނދުން ހުސެއިން ސުވާލުކޮށްފައިވެއެވެ. އޭގެއިތުރުން ރުކުމާ ވާހަކަ ދައްކަވަންވީ ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައި ކަމަށާއި ހަތްލައްކަ ރުފިޔާ ދެއްވައިގެން ދާއިރާ ދެ އަންހެނުންނާ އެކު ލަންކާއަށް ވަޑައިގެން ސިރުހު ހައްދަވަން ތިއްބެވިޔަކަސް ނުވާނެ ކަމަށް އަނދުން ހުސައިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ރުކުމާ އެމްޑީޕީން ވަކިވެވަޑައިގަތީ ޕްރައިމަރީން ނާކާމިޔާބީ ކުރިމަތިވުމުން އަމިއްލަ ގޮތުން ކުރިމަތިލުމަށެވެ. ސުޕްރީމް ކޯޓުން ވަނީ ޕްރައިމަރީގައި ނާކާމިޔާބުވި ކެންޑިޑޭޓުންނަން އިންތިހާބުގައި ކުރިމަތި ނުލެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.
އަދި އެމްޑީޕީގެ އެއްވެސް މެންބަރަކު އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ތިޔަ ހުސޭނެއްގެ އަޚްލާޤީ ފެންވަރު ދަށްކަން އެއީ މަރުވެފަ ތިބި މީހުނާ ބެހުމަކީ އެހެން ނޫނަސް ރުކުމާގެ ބައްޕަޔާ ބެހެންވީ ކީއްކުރަން ކުރިމަތި ލައިގެން އުޅޭމީހަކާ ދިމާލަށް އެއްޗެތި ކިޔަންވީނު