ބޯޑާ ސެކިއުރިޓީ ފްރޮޑިއުލެންޓް އައިޑިންޓިޓީސް އެންޑް ޑޮކިއުމެންޓް ސެކިއުރިޓީ ޓްރެއިނިން ފްރޮގްރާމްގެ ނަމުގައި މޯލިޑްވްސް އިމިގްރޭޝަނުން މިއަދު ޓްރޭނިންއެއް ފަށައިފިއެވެ.

މިޕްރޮގްރާމަކީ އޭވިއޭޝަން ދާއިރާއާއި ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޓްރޭނިން ޕްރޮގްރާމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ޑިފެންސް ފޯސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި މޯލްޑްވިސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މިޕްރޮގްރާމްގައި ބައިވެރިވެއެވެ.

މިޕްރޮގްރާމަކީ މޯލްޑިވްސް އިމިގްރޭޝަނާއި އިމިގްރޭޝަން ލިއާސަން އޮފިސަރުންނާއި އެމެރިކާ، ކެނެޑާ، ޖަރުމަން އަދި އިނގިރޭސި ވިލާތުގެ ތަޖުރިބާ ކާރުން ގުޅިގެން ބައިވެރިވާ ކޮންމެ އިދާރާއަކުން ހަތް ބައިވެރިންނާއެކު 114 ފަރާތް ބައިވެރި ކުރާގޮތަށް ކުރިއަށް ގެންދާ ތިން ދުވަހުގެ ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ޝާމިލްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދީ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމެވެ.