މާލޭގެ ގެސްޓްހައުސްއެއްގައި 34 އަހަރުގެ ދިވެހި ޒުވާނެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ސ.މަރަދޫ ސީސައިޑް، އަހުމަދު ޝަނޫން ކަަމަށާއި، އޭނާ މަރުވެފައި އޮތީ ގަލޮޅުގައި ހުރި ގެސްޓް ހައުސްއެއްގައި ކަމަށެވެ. އަދި އޭނާ މަރުވިކަން އެނގުނީ، ކޮޓަރިއަށް ވަތް ފަހުން ހަބަރު ނުވެގެން، ރޭ 1:57 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމުން ގޮސް ބެލުމުން ކަމަށެވެ.

މި މީހާ ވަނީ ރޭ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުން ބުނީ މި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

ފުލުހުން ދަނީ މައްސަަަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް މާލޭގެ ގެސްޓް ހައުސްއެއްގައި ޒުވާން ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ އިރު ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ޒުވާން އަންހެނަކު ގޮތްނޭގޭ ގޮތަކަށް މަރުވެފައި އޮއްވާ ފެނިފާވެއެވެ. މި ދެހާދިސާވެސް އިތުރަށް ތަހުގީގު ކުރަމުންދާ އިރު އިތުރު މައުލޫމާތެއް މިއަދާ ހަމައަށް އާންމުކޮށްފައެއް ނުވެއެވެ.