ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް މި އަހަރު 10 އަންހެން ބޭފުޅަކަށް ދީފިއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކ މާފުށީގައި ބޭއްވި ޖަލްސާގައި ނުވަ އަންހެން ބޭފުޅުންނަށް ބްރޫޗު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އަދި އެ ބޭފުޅުންނަށް ޝީލްޑް ހަވާލުކޮށްދީފައިވަނީ ރައީސް ސޯލިހެވެ.
މިއަހަރު ރެހެންދި އެވޯޑް ލިބުނު 10 ފަރާތަކީ:
- އާމިނަތު މުހައްމަދު، ދަފްތަރު ނަމްބަރު 3204: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- އާއިޝަތު ނާޒިމާ ހ. ކޮޔާ: އިޖްތިމާއީ ދާއިރާ
- މަރިޔަމް ޝިފްޒާން މ. ހިޔާލީގުލްޝަން: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާއި ނުވަތަ ނަން ޓްރެޑިޝަނަލް ރޯލްސް ދާއިރާ
- މުއުމިނާ އާދަމް ގ. ހާފްސީ: އިޖްތިމާއީ ދާއިރާ
- އާއިޝަތު ލޫބާ ހުޅުމާލެ ފްލެޓް/ 122-03-02: އިޖްތިމާއީ ދާއިރާ
- ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން: އެމްޕޮލޯޔާސް ދާއިރާ
- އާމިނަތު އަޒްކާ އާދިލް، ދިގުވާނޑު ރޭވަން، ޏ. ފުވައްމުލައް: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާއި ނުވަތަ ނަން ޓްރެޑިޝަނަލް ރޯލްސް ދާއިރާ
- އަމީނާ އަލީކަލޭފާނު އަތިރީގެ، ގދ. ގައްދޫ: އިގްތިސޯދީ ދާއިރާ
- އާއިޝަތު ޝިރުހާނާ، ހ. ބޮންތި: އިޖްތިމާއީ ދާއިރާ
- ނަސްރީނާ އަލީ، ދަފްތަރު ނަފްތަރު 3257: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ރެހެންދި އެވޯޑް ދީފައިވަނީ ތިން ފަރާތަކަށެވެ.