ހަދަމުންދާ އިމާރަތަކުން އަންހެނެއްގެ މޭމައްޗަށް ބާލިދީއެއް ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 13.50 ހާއިރެވެ. މާވެޔޮ ގޯޅީގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ބާލިދީ ގޮސް ޖެހުނީ މަގުމަތިން ދިޔަ 28 އަހަރުގެ އަންހެނެއްގެ މޭމަތީގައެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ވަނީ ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލަށް ފުލުހުން އަންގާފައެވެ. އަދި މައްސަލަ ބެލުމަށް ކޮންސްޓްރަކްޝަން ސައިޓަށް ގޮސް ހަރަކާތްތެރި ވެފައިވެއެވެ.

މިފަހަކަށް އައިސް އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވުން ވަނީ އާންމު ވެފައެވެ. އެގޮތުން ހަދަމުން ދިޔަ އިމާރާތަކުން ވެެއްޓުނު ގަލަކުން ޖެހި ބަންގްދަލޭޝް މީހަކު މަރުވެފައިވާއިރު ހަދަމުންދާ އިމާރާ ތަކުން ވެއްޓުނު ސިމިންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކުވެސް މަރުވެފައިވެއެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.