އެމެރިކާއިން ދަނީ ޓެކްނޮލޮޖީގެ ރޮނގުން ޗައިނާ ހޯދަމުންދާ ތަރައްގީއާއި ކުރިއެރުންތަކަށް ހުރަސްއަޅަމުން ކަމަށް ތުހުމަތުކޮށް ޗައިނާއިން އެމެރިކާއަށް ފާޑުކިޔައިފިއެވެ.

އިންޓެނެޓްގެ ނިޒާމު މެދުވެރިކޮށް އާ ނެޓްވާކުތައް ތައާރަފުކުރާ ގައުމުތަކަށް، ޗައިނާގެ މޯބައިލް ނެޓްވާކަކީ ސައިބާ ސެކިއުރިޓީގެ ނުރައްކަލެއް ކަމަށް އެމެރިކާއިން ވިސްނައިދެމުންދާ ކަމަށް ޗައިނާއިން ވަނީ ތުހުމަތުކޮށްފައެވެ.

ގައުމުތައް ޗައިނާއާއި ދެކޮޅުވެރިކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދަނިކޮށް އިނގިރޭސިވިލާތުން ވެސް ވަނީ ޗައިނާއާއި އެއްކޮޅަށް ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ފައިވް-ޖީ ޓެކްނޮލޮޖީ ބޭނުންކުރާ ޑިވައިސްތަކުގެ ގޮތުގައި ޗައިނާގެ އާލާތްތައް ބޭނުން ކުރުމުގައި އޮންނަ ސަލާމަތީ ރިސްކުތައް ލިމިޓް ކުރެވޭކަމަށް އިނގިރޭސިވިލާތުގެ ޖާސޫސީ އޭޖެންސީތަކުން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ޓެލެކޮމް ކުންފުނިތަކަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ފާރަލާ، ޖާސޫސު ކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީއެއް ކަމަށް އެމެރިކާއިން ދަނީ ތުހުމަތު ކުރަމުންނެވެ. ވަކީން ހާއްސަކޮށް، ވާވޭ ޓެކްނޮލޮޖީޒްއަކީ ނުރައްކާތެރި ކުންފުންޏެއް ކަމަށް ބުނެ، އެމެރިކާއިން ދަނީ ވާވޭއާއި ދެކޮޅަށް "ހަނގުރާމައެއް" ކުރަމުންނެވެ.