ރާނީގެ ފިރިކަލުންގެ އަތްޕުޅުގައި މިވަގުތު ލައިސަންސެއް ނެތް!

10 February 2019, 09:58
Raanee ge firikalunge aiyypulhugai mivaguthu license eh neii

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ފިރިކަލުން ޑިއުކް އޮފް އެޑިންގްބާ ޕްރިންސް ފިލިޕް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކޮށްލައްވައިފިއެވެ.

މަގުމަތީގެ އެކްސިޑެންޓެއްގެ އިތުރުން އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދާ ހިލާފަށް ކާރުކޮޅު ދުއްވާތީ ދާދިފަހުން ދެ މައްސަލައެއް އެ ބޭފުޅަކާއި ދެކޮޅަށް ފެންމަތިވެފައިވާ ޕްރިންސް ފިލިޕް، ލައިސަންސް ދޫކޮށްލައްވާފައި ވަނީ އަމިއްލަފުޅު އިހުތިޔާރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފުލުހުން ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ކަންމިހެން އޮތްއިރު، އުމުރުފުޅުން 97 އަހަރުގެ ޕްރިންސް ފިލިޕްގެ ކާރުކޮޅުން ޖެހި ހިނގި އެކްސިޑެންޓްގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. ޕްރިންސް ފިލިޕް ވަނީ، މި ހާދިސާއަކީ އެމަނިކުފާނުގެ އިހުމާލުން ހިނގި އެކްސިޑެންޓެއް ކަމަށް އިއުތިރާފުވެވަޑައިގެން، އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ. އެކްސިޑެންޓެގެ ދެ ދުވަހެއް ފަހުން، ސީޓްބެލްޓް ނައަޅުއްވާ ކާރުކޮޅު ދުވާތީ ވެސް ޕްރިންސް ފިލްޕްގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!