ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރ. އިންނަމާދޫ ފަތާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދެވެ.

އެމްޓީސީސީން ބުނީ މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުނ،ް 82,300 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއ،ި 939 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 190 މީޓަރުގެ ގްރޮއިން ޖެހުމުގެ އިތުރުން 312 މީޓަރުގެ ލޯ ކްރެސްޓް ބޭރު ތޮށި ލުން ހިމެނޭކަމަށެވެ.

މި މަޝްރޫއު އަކީ 94.99 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އިންނަމާދު ފަތާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ ދަށުން 4,100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއ،ި 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 100 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި މި މަޝްރޫ އަކީ 23.21 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް ވެސް ވަނީ ބުނެފައެވެ.

970 މީހުންގެ ދިރިއުޅޭ އިންނަމާދޫ އަކީ ވަޑާންކުރުމާއ،ި އޮޑިދޯނިފަހަރު ބަނުމާއި ފައިބަރުގެ މަސައްކަތް ކުރުމަށް މަޝްހޫރު ރަށެއްކަމަށާއި، މި ރަށު ރައްޔިތުންނަށް މޫދު ކަސްރަތާއި ފަތާ ސަރަހައްދެއްގެ ބޭނުންތެރިކަން ޖެހިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ފެތުމާއި މޫދު ކަސްރަތުކޮށް މުނިފޫހިފިލުވުމަށް ރަށު ރައްޔިތުންނަށް ހާއްސަ ފަތާ ސަރަހައްދެއް ލިބޭނެކަމަށާއި، މިއީ ރަށުގެ ކުދިބޮޑު އެންމެންހާ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ.