ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ހުންނަ ހިތިގަސްމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށާއި، އަނިޔާވި ކުއްޖާގެ ހާލު ސީރިއަސްކަމަށެވެ. އަދި އެއީ 9 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކުރިމައްޗާ ދިމާލުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރުގަދައަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.