ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފްހެލްތ،ު ފެމިލީ އެންޑް ވެލްފެއާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވ،ީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއީލް އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރު އަހްމަދު މުބީންއެވެ.
މި މަޝްރޫއުގެ ދަށުނެ، 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ތަނަކާއ،ި އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ހިދުމަތް ދިނުމަށް ބޭނުންވާ ތަނެއް އިމާރާތްކުރުން ހިމެނެއެވެ. މީގެ އިތުރުނ،ް ރިކްރިއޭޝަން ކަންކަމަށްވެސް ސަރަހައްދެއް ހާއްސަކޮށްފައި ވެއެވެ. މި މަޝްރޫއަކީ 37.46 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ދޮށީ އުމުރުގެ މީހުންނަށް ހާއްސަ "އިސްރަށްވެހިންގެ ހިޔާވަހި" އަކީ އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ބިނާ ކުރާ މަރުކަޒެކެވެ.
މިފަދަ އިސްރަށްވެހިންގެ ހިޔާވައްސެއް ދާދިފަހުން އައްޑޫގައި ބިނާ ކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވެއެވެ. އެ ހިޔާވަހި ބިނާކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫ ސިޓީ ފޭދޫގައެވެ.
މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވެއެވެ.
