މާލެ ސަރަހައްދުގެ 4 ތަނެއްގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މާލޭ ސަރަހައްދުގައި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ކުރާނެ ތަންތަނާއި މިސްކިތްތައް އިއުލާނު ކޮށްފައެވެ.
އެގޮތުން މާލޭގައި ބޮޑު ޖަމާއަތުގައި މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރިއަށްގެންދާ ގޮތަަށް ހަމަޖައްސާފައިވާއިރު، ވިލިގިލީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ބޯޅަދަނޑެވެ. ހުޅުމާލޭގެ ފޭސް 1ގެ ސިންތެޓިކް ޓެރެކްގެ އިތުރުން ހުޅުމާލެ ފޭސް 2ގެ މަސްޖިދު ހަސަން އާދަމް އާ ނިރޮޅުމަގާ ހީނާމާހިނގުމާ ފޭރުގަސްމަގާ ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގެ އީދު ނަމާދު މާލެ ސަރަހައްދުގައި ކެންސަލް ކުރަން ޖެހިއްޖެ ނަމަ، ހުކުރުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގައި އީދު ނަމާދު ކުރާ މިސްކިތްތަކާއި ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދު:
- މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާއަތް)
- އިސްލާމީ މަރުކަޒު
- މަސްޖިދުލްމަލިކި ސަލްމާން
- މަސްޖިދުލްފުރުގާން
- މަސްޖިދުއްނޫރު
- މަސްޖިދުއްޝަހީދު އަލީ
- ތައިބާ މިސްކިތް
- ދުބުރި މިސްކިތް
- ފަނޑިޔާރު މިސްކިތް
- ބަންޑާރަ މިސްކިތް
- މަސްޖިދު ސަލާހުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޔޫސުފުލްބަރުބަރީ
- ރަންމިސްކިތް
- ފައިފުހޭ މިސްކިތް
- މާފަންނު އާމިސްކިތް
ވިލިމާލެ އާއި ހުޅުމާލޭގައި އީދު ނަމާދު ކުރާ މިސްކިތްތަކާއި ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދުތައް:
- ވިލިމާލެ ބޮޑުޖަމާއަތް (ވިލިގިލި ބޯޅަދަނޑު)
- މަސްޖިދުއްސަލާމް (ވިލިމާލެ)
- ހުޅުމާލެ ބޮޑުޖަމާއަތް (ސިންތަޓިކް ޓްރެކް) (ހުޅުމާލެ ފޭސް 1)
- ހުޅުމާލެ ބޮޑުޖަމާއަތް (ކުޅިވަރު އެކުވެނި / ސްޕޯޓްސް ކޮމްޕްލެކްސް) (ހުޅުމާލެ ފޭސް 2)
- މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
- މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
- މަސްޖިދު އަސްދިގާ (ހުޅުމާލެ ފޭސް 1)
- މަސްޖިދުލްވާލިދައިނި (ހުޅުމާލެ ފޭސް 1)
- މަސްޖިދު ހަސަން އާދަމް (ހުޅުމާލެ ފޭސް 2)
- މަސްޖިދު އުޘްމާން ބިން އައްފާން (ފޭސް 2 ހުޅުމާލެ)
ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި ނަމަވެސް އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަށް ވެފައި، މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީ ހުސްވި އަހަރުން ފެށިގެން ވަނީ އީދު ނަމާދު ކުރާ ގަޑި 07:00 އަށް އަވަސްކޮށްފައެވެ.
