ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ފަރުވާ ދެމުން ދިޔަ ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހދ. ކުޅުދުއްފުއްޓަށް ގޮސް އުޅުނު އެ އަތޮޅު ނޭކުރެންދޫ ހުސެއިން ޝިފާޒެވެ.

އޭނާ ރުކުން ވެއްޓިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މާލެ ގެނެސް ވެންޓިލޭޓަރުގައި އިތުރު ފަރުވާ ދެމުންދަނިކޮށް ޝިފާޒް ނިޔާވެފައި ވަނީ މިއަދުއެވެ. އޭނާގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު ކުރިއަށްގެންގޮސްފައި ވެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޝިފާޒް ރުކަށް އެރީ ރުށް ސާފު ކުރުމަށެވެ. އަދި ވެއްޓުނު ނަމަވެސް ބޭރު ފުށުން މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ދިނެވެ.