މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް، ރޭ ދަންވަރު އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހާ ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިގެން ގދ. އަތޮޅަށް އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދަވަސްވީ މީހާ ފެނިފައިވާކަމަށެވެ. އަދި އޭނާ ފެނުނީ ފިލާގަނޑެއްގެ އެހީގައި، ފެންމަތީގައި އޮއްވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ 13 މީހުން ތިބިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެތެރެއިން ބިދޭސީއަކު ފަތާފައި، ލ. އޮޅުވެއްޔަށް އަރާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
