ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 9:31 ހާއިރު ކަމަށެވެ. އެ އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން މިހާރު އަންނަނީ ހަރަކާތްތެރި ވަމުން ކަމަށް ފުލުހުން ބުނެއެވެ.
ފީއަލީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އަދި އައިސްޕްލާންޓްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެ ފިހުމާ ގުޅިގެން ފ. ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.
