މާލޭގެ މަގެއް މަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތްވައި ފެނުނު މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން ވަނީ އެމީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައެވެ. އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެކެވެ.

ރޭ ފުލުހުން މީޑީއާ އަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވެފައިވާކަަަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.