ހަބަރު ހުސްވެފައިވާ މީހަކު މާލޭ މަގުމަތިން ފެނިއްޖެއެވެ.
ފުލުހުން ބުނީ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިރޭ އިރު އޮއްސޭކަށްހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
ހަބަރު ހުސްވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށާއި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެ މީހާ އަށް ލިބިފައި ހުރި އިތުރު އަނިޔާއެއްގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
