އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސައޫދީއަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވަނީ ސައޫދީއަރަބިއްޔާގެ ސަރުކާރުންނެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ސައުދީ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން 2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ، މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްވެސް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.
