ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
މިއަދަކީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ނެގުމުގެ މަސައްކަތް ކުރިއަށް ދާ ދުވަހެވެ. ރެފަރަންޑަމް ވޯޓަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ އިންތިހާބެކެވެ.
މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.
ޖުމްލަ 588 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ މާލެ ސަރަހައްދުގައި ހެންވޭރު ދަނޑުގައެވެ. އެއީ 30 ވޯޓު ފޮއްޓެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތެރޭގައި 347 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އިތުރަށް ވިދާޅުވޭ...
04 April 2026, 20:42
ޢާއިޝަތު ޝާޒްލީން
04 April 2026, 20:15
ޢާއިޝަތު ޝާޒްލީން
މަޖީދިއްޔާ ސްކޫލްގައި ހަމަނުޖެހުން ހިނގި ވޯޓު ފޮށި އަނެއްކާ ގުނަން ފަށައިފި
މަޖީދިއްޔާ ސްކޫލްގެ ވޯޓު ފޮށި ފުލުހުންގެ ހާޒިރުގައި ގުނަނީ / ފޮޓޯ: ދަ ޕްރެސް
މަޖީދިއްޔާ ސްކޫލްގައި ހުރި ހެންވޭރު ހުޅަނގު 4 ނަންބަރު ފޮށީގެ ވޯޓު ގުނުން ހުއްޓާލާފައި ވަނީ އެ މަރުކަޒުގައި އޮބްޒާވަރުންގެ ކަންބޮޑުވުން ފާޅުކޮށް ހިނގި ހަމަނުޖެހުމާ ގުޅިގެން. އެ މަރުކަޒުގެ މައްސަލަ ހައްލުކޮށް މިހާރު އަންނަނީ ވޯޓު ގުނަމުން. އެ ތަނުގައި ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތެރިވަމުން.
މަޖީދިއްޔާ ސްކޫލްގެ ވޯޓު ފޮށި ފުލުހުންގެ ހާޒިރުގައި ގުނަނީ / ފޮޓޯ: ދަ ޕްރެސް
04 April 2026, 19:56
ޢާއިޝަތު ޝާޒްލީން
ބާތިލް ވޯޓުތަކާމެދު ޒުވާބު ގިނަވެ، ބައެއް ފޮށިތަކުގެ ވޯޓުގުނުން ހުއްޓުމަކަށް
04 April 2026, 19:30
ޢާއިޝަތު ޝާޒްލީން
04 April 2026, 19:18
ޢާއިޝަތު ޝާޒްލީން
ހަމަނުޖެހުން ހިނގި މަރުކަޒުގައި ހުރި އޮބްޒާވަރެއްގެ ބަސް: މަރުކަޒުގެ ވެރިޔާ ގޮތް ދޫނުކުރި، ވޯޓު ބާތިލް ކުރަނީ ނުބައިކޮށް
ހަމަނުޖެހުން ހިނގި މަރުކަޒުގައި ހުރި އޮބްޒާވަރަކު ދިން މައުލޫމާތަށް ބަލާއިރު، ވޯޓު ފޮށީ ގުނަން ފެށުމަށް ވޯޓު ފޮށީ ކަނޑާފައި ގެނެސް އެޅީވެސް ވޯޓު ލާން ބޭނުން ކުރި ކަރުދާސްތަކެއް ހުރި މޭޒެއްގެ މައްޗަށް ކަމަށް ވޭ. ސައްހަ އަދި ބާތިލް ވޯޓު ވަކިކުރަމުން ދިޔަ އިރު، އީސީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ވޯޓު ކަރުދާސްކޮޅުތައް ބާތިލް ކުރަމުން ދިޔަ ކަމަށް ވެސް އޭނާ ބުނޭ. އިސްލާމިކް ޔުނިވާސިޓީގައި ވެސް އެފަދަ މައްސަލައެއް ދިމާވެގެން އީސީގެ ލަފާ ހޯދި ކަމަށާއި އީސީން ވެސް އެ މަރުކަޒަށް ރަނގަޅު ގޮތް އެންގި ކަަމށް އޭނާ ބުނޭ. މަޖީދިއްޔާ ސްކޫލުގެ މަރުކަޒުގައި ވެސް ހަމަނުޖެހުން ހިނގާފައި ވަނީ އެފަދަ ގޮތަކަށް ކަމަށްވެސް ވޭ. އަދި ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބކީ އެ މަރުކަޒުގެ ވެރިޔާ ގޮތް ދޫ ނުކުރާތީ ކަމަށް ވެސް ބުނެފައި ވޭ
04 April 2026, 19:13
ޢާއިޝަތު ޝާޒްލީން
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާ މަރުކަޒެއްގައި ހަމަނުޖެހުން ހިންގަން ފަށައިފި
ހަމަނުޖެހުން ހިންގަމުން ދަނީ މަޖީދިއްޔާ ސްކޫލުގައި ބެހެއްޓިފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ 4 ނަންބަރު ފޮށީގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް. އެ މަރުކަޒުގައި ތިބި މައި ދެ ޕާޓީގެ އޮބްޒާވަރުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އީސީގެ މުވައްޒަފުންނަށް އަޑުގަދަކޮށް އެއްޗިހި ކިޔަމުން.
04 April 2026, 18:27
ޢާއިޝަތު ޝާޒްލީން
ވޯޓު ގުނަން ފަށައިފި
ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
މިއަދު ބޭއްވި އިންތިހާބުތަކުގެ ވޯޓުލުން ހަވީރު 5 ޖެހި އިރު ވަނީ ނިންމާލާފައި. ވަގުތު ހަމަވި އިރު ވޯޓުލާ ބައެއް މަރުކަޒުތަކުގައި ކިއުގައި ގިނަ ބަޔަކު ތިބުމުން ވޯޓު ލުން ނިންމާލުމުގައި ވަގުތުތަކެއް ހޭދަވެފައިވޭ. މިހާތަނަށް އައި އިރު ބައެއް މަރުކަޒުތަކުގެ ވޯޓު ގުނަން ވަނީ ފަށާފައި
04 April 2026, 17:09
ޢާއިޝަތު ޝާޒްލީން
ބައެއް މަރުކަޒުތަކުގެ ވޯޓު ފޮށި ބަންދުކޮށްފި
އިސްކަންދަރު ސްކޫލްގައި ހުރި ވޯޓު ފޮއްޓެއް ބަންދުކުރަނީ / ފޮޓޯ: ދަ ޕްރެސް
04 April 2026, 17:06
ޢާއިޝަތު ޝާޒްލީން
ވޯޓު ލާ މަރުކަޒުތަކުގެ ކިއުތައް ބަންދުކޮށްފި
5 ޖެހުމާއެކު ވޯޓުލާ މަރުކަޒުތަކުގެ ކިއު ބަންދުކޮށްފި. މި ވަގުތު ކިއު ބަންދު ކުރުމާ ހަމައަށް ކިއު އަށް އަރާފައިވާ މީހުން ވޯޓު ލާ ނިމުމުން ވޯޓު ފޮށި ބަންދުކުރަން ފަށާނެ ކަމަށް އީސީން ބުނޭ.
ކިއު ބަންދުކުރި ލިޔުން ހިފައިގެން އޮފިޝަލަކު / ފޮޓޯ: ދަ ޕްރެސް
ވޯޓު ލާ ކިއު ބަންދުކުރި ކަން އަަންގައި ދިނުމަށް އޮފިޝަލަކު ބޯޑެއް ހިފައިގެން
04 April 2026, 16:05
ޢާއިޝަތު ޝާޒްލީން
ވޯޓު ލާ ވަގުތު ހަވީރު 5 އާ ހަމައަށް ދަންމާލައިފި
މިއަދު ކުރިއަށް ދާ ލޯކަލް ކައުންސިލް އާއި ޑަބްލިއުޑީސީގެ އިންތިހާބު އަދި ރިފަރެންޑަމް ވޯޓުގެ އިންތިހާބަށް ވޯޓު ލާން އެއް ގަޑިއިރު އިތުރުކޮށްފި. އީސީން ބުނީ ވޯޓު ލާ ވަގުތު އިތުރުކޮށްފައި ވަނީ ހޫނު ގަދަ ދުވަހަކަށް ވުމުން ވޯޓު ލާން ގިނަ ބަޔަކަށް ދަތިވެފައި ވާތީ. އެހެންކަމުން ހަވީރު 5 ޖަހާއިރު ވޯޓު ލާ ކިއު ބަންދުވާނެ ކަމަށް އީސީން ބުނޭ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
04 April 2026, 15:03
ޢާއިޝަތު ޝާޒްލީން
2 ޖެހުމާ ހަމައަށް 131،947 މީހުން ވޯޓު ލައިފި
މިއަދުގެ 2 ޖެހުމާ ހަމައަށް 44.75 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި. އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 131،947 މީހުން ވަނީ ވޯޓުލާފަ. އެގޮތުން މިހާތަނަށް 63175 އަންހެނުން ވޯޓުލާފައިވާއިރު، 68772 ފިރިހެނުން ވަނީ ވޯޓުލާފަ.
ވޯޓު ލާން ހެންވޭރު ދަނޑުގައި އާންމުންގެ ކިއު ލައިން / ފޮޓޯ: ދަ ޕްރެސް
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
04 April 2026, 14:15
ޢާއިޝަތު ޝާޒްލީން
ހެންވޭރު ދަނޑުގެ ހިރަފުސް ކަނޑުވަން ފެން ޖަހައިފި
ހެންވޭރު ދަނޑުގައި ވޯޓުފޮށި ބަހައްޓާފައި ހުރި ސަރަހައްދުގައި ހިރަފުހުގެ އަސަރު ހުރުމާއެކު ހިރަފުސް ކަނޑުވަން ފެން ޖަހައިފި
ހެންވޭރު ދަނޑު ވޯޓު ލާ މަރުކަޒުގެ ހިރަފުސް ކަން ކަނޑުވަން ފެން ޖަހަނީ / ފޮޓޯ: ދަ ޕްރެސް
04 April 2026, 14:13
ޢާއިޝަތު ޝާޒްލީން
ގައްދޫގައި ހަމަނުޖެހުން ހިނގީ ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާތީ
ފުލުހުން: ގދ. ގައްދޫގައި ހިނގި ހަމަނުޖެހުމަކީ ވޯޓުގެ ސިއްރުކަން ކަށަވރު ނުކުރެވޭ ގޮތަށް ވޯޓުލާ ބޫތު ބަހައްޓާފައިވާ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމެއް. މިހާރު ވަނީ މައްސަލަ ހައްލުކޮށްފައި. ވޯޓު ލުން ދަނީ ކުރިއަށް.
ގައްދޫ ވޯޓުލާ މަރުކަޒު ކައިރީ ހިނގި ހަމަނުޖެހުމުގެ ތެރެއިން
04 April 2026, 14:01
ޢާއިޝަތު ޝާޒްލީން
ކުޅުދުއްފުށި ސީޓީން 3264 މީހުން ވޯޓު ލައިފި
ކުޅުދުއްފުށީ ސިޓީ ކައުންސިލް: އެ ސިޓީގައި ވޯޓު ލުން ކުރިއަށް ދަނީ ވަރަށް އަމާންކޮށް. މިހާތަނަށް އައިއ އިރު 3264 މީހުން ވަނީ ވޯޓު ލާފައި
04 April 2026, 13:22
ޢާއިޝަތު ޝާޒްލީން
ގައްދޫގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކޮށް މެދުކެނޑުނު ވޯޓުލުން އަލުން ފަށައިފި
ގދ. ގައްދޫ ވޯޓު ލާ މަރުކަޒުގައި ހިނގި ހަމަނުޖެހުން ހައްލުކޮށް އަލުން ވޯޓު ލާން ފަށައިފި. މި ހަމަނުޖެހުން ހިނގާފައި ވަނީ ސިޔާސީ ދެ ޕާޓީއެއްގެ މެންބަރުންތަކެއްގެ މެދުގައި. ފުލުހުން އެތަނުގައި ހަރަކާތްތެރިވެފައިވާ އިރު، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް 30 މިނެޓް ހޭދަވެފައި ވޭ. އަދި އެ 30 މިނެޓްތެރޭ ވޯޓުން ލުން ވަނީ މެދު ކަނޑާލާފައި. މިހާރު އަލުން ވޯޓުލުން ކުރިއަށް ދާ ކަމަށް އެ ރަށު ކައުންސިލުން ބުނޭ. މިހާތަނަށް އެ ރަށުން 100 އަށް ވުރެ މީހުން ވޯޓު ލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ.
ގައްދޫގެ ވޯޓުލާ މަރުކަޒުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ދައުރުވާ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް
04 April 2026, 12:58
ޢާއިޝަތު ޝާޒްލީން
ވޯޓު ލާން ފެށިތާ 4 ގަޑިއިރު ވީއިރު 62083 މީހުން ވޯޓު ލައިފި
ވޯޓްލާން ފެށިތާ ތިން ގަޑިއިރުގެ ތެރޭގައި 21.05 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި. އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 62083 މީހުން ވަނީ ވޯޓުލާފަ. އެގޮތުން މިހާތަނަށް 28838 އަންހެނުން ވޯޓުލާފައިވާއިރު، 33245 ފިރިހެނުން ވަނީ ވޯޓުލާފަ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
- ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު: 294،876
- އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުން
- އޭގެތެރޭގައި ހިމެނެނީ 150370 ފިރިހެނުން
މިހަތަނަށް އެއްވެސް ވޯޓު ލާ މަރުކަޒެއްގައި ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ. އަދި ވޯޓުގެ ކަންކަން ދަނީ ވަރަށް އާމާންކޮށް ކަމަށް މައުލޫމާތު ލިބޭ.
04 April 2026, 12:56
ޢާއިޝަތު ޝާޒްލީން
މާލޭގައި އެންމެ ގިނަ ވޯޓު ފޮށިތައް ހުރި މަރުކަޒުގެ ޓެންޓުތެރެ ހިރަފުހުން ދުންވެފައި
04 April 2026, 12:16
ޢާއިޝަތު ޝާޒްލީން
އައްޑޫ އަޕްޑޭޓް: ވޯޓުލުން ކުރިއަށް ދަނީ ވަރަށް އަމާންކޮށް
އައްޑޫ އަޕްޑޭޓް: މި އިންތިހާބަކީ އައްޑޫ ސިޓީ އިން ހުޅުދޫ އަދި މީދޫ ވަކިވުމަށްފަހު ބާއްވާ ފުރަތަމަ އިންތިހާބު، މި އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކަން ފާހަގަވޭ. އައްޑޫގެ ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިއުއެއް ދަމާލާފައިވާއިރު ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ދަނީ ވަރަށް އަމާންކޮށް.
04 April 2026, 12:05
ޢާއިޝަތު ޝާޒްލީން
އަލައިކާ ވޯޓު ލައްވައިފި
މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް އާޝިޔަތު އަލައިކާ އަދުނާން ވޯޓު ލައްވައިފި. އޭނާ ވޯޓު ލައްވާފައި ވަނީ އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް.
ޕީއެންސީ ކެންޑިޑޭޓް އާޝިޔަތު އަލައިކާ އަދުނާން ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް
މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް އާޝިޔަތު އަލައިކާ އަދުނާން ވޯޓު ލައްވައިފި / ފޮޓޯ: ދަ ޕްރެސް
04 April 2026, 12:02
ޢާއިޝަތު ޝާޒްލީން
އައްޑޫ ސިޓީ: 10 ޖެހުމާ ހަމައަށް 15 ޕަސެންޓް މީހުން ވޯޓު ލާފައިވޭ
https://thepress.mv/165326
އައްޑޫ ސިޓީ ކައުންސިލް: ވޯޓުލުމުގެ ކަންކަން ދަނީ އަމާންކަމާއެކު ކުރިއަށް. ވޯޓުލުން ގަޑިއަށް ފެށުނު އިރު، މިއަދު ހެނދުނު 10:00 އަށް ގާތްގަނޑަކަށް 15 ޕަސެންޓު މީހުން ވޯޓު ލާފައިވޭ މި އިންތިހާބަކީ އައްޑޫ ސިޓީ އިން ހުޅުދޫ އަދި މީދޫ ވަކިވުމަށްފަހު ބާއްވާ ފުރަތަމަ އިންތިހާބަށްވާއިރު މޭޔަރު ވަނީ ވީހާވެސް ގިނަ ބަޔަކު ވީ އެންމެ އަވަހަކަށް ވޯޓު ލާން ދިއުމަށް އެދިވަޑައިގެންފައި.
04 April 2026, 11:43
ޢާއިޝަތު ޝާޒްލީން
ވޯޓު ލާން ފެށިތާ 3 ގަޑިއިރު ވީއިރު 58819 މީހުން ވޯޓު ލައިފި
ވޯޓްލާން ފެށިތާ ތިން ގަޑިއިރުގެ ތެރޭގައި 19.95 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި. އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 58819 މީހުން ވަނީ ވޯޓުލާފަ. އެގޮތުން މިހާތަނަށް 25761 އަންހެނުން ވޯޓުލާފައިވާއިރު، 33058 ފިރިހެނުން ވަނީ ވޯޓުލާފަ.
ވީލް ޗެއާއެއްގައި އިން މީހަކު / ފޮޓޯ: ދަ ޕްރެސް
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
04 April 2026, 11:41
ޢާއިޝަތު ޝާޒްލީން
04 April 2026, 11:17
ޢާއިޝަތު ޝާޒްލީން
އެމްޑީޕީގެ ރައީސް ޝާހިދު ވޯޓު ލައްވައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ލައްވައިފި. ޝާހިދު ވޯޓު ލައްވާފައި ވަނީ މަޖީދިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މަންމާފުޅާއެކު ވޯޓުލާ މަރުކަޒުގައި / ފޮޓޯ: ދަ ޕްރެސް
04 April 2026, 11:16
ޢާއިޝަތު ޝާޒްލީން
ނަޝީދު ވޯޓު ލައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓު ލައްވާފައި ވަނީ އިސްކަންދަރު ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވަން ވަޑައިގަތުން / ފޮޓޯ: ދަ ޕްރެސް
04 April 2026, 10:48
ޢާއިޝަތު ޝާޒްލީން
މިހާތަނަށް 41،162 މީހުން ވޯޓު ލައިފި
04 April 2026, 10:46
ޢާއިޝަތު ޝާޒްލީން
ކުރީގެ ރައީސް ސޯލިހް ވޯޓު ލައްވައިފި
04 April 2026, 10:45
ޢާއިޝަތު ޝާޒްލީން
ޒަރިޔަންދު ވެސް ވޯޓު ލައްވައިފި
މާލޭގެ މޭޔަރު ކަަމަށް ވާދަކުރައްވާ މިނިވަން ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ވޯޓު ލައްވައިފި. ޒަރިޔަންދު ވޯޓު ލައްވާފައި ވަނީ އިސްކަންދަރު ސުކޫލުގައި ހުރި ވޯޓު ފޮށްޓަށް
މާލޭގެ މޭޔަރުކަމަށް ވާދަކުރާ މިނިވަން ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވޯޓުލާ މަރުކަޒުގައި
04 April 2026, 10:32
ޢާއިޝަތު ޝާޒްލީން
04 April 2026, 10:28
ޢާއިޝަތު ޝާޒްލީން
ފުލުހުން: އޮޕަރޭޝަން ބްލޫ ރޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައްލަވާލައްވައިފި. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ސަލާމަތީ ކަންކަން، ފުލުހުންގެ ޓީމުތަކުން ދަނީ ވަގުތުން މޮނިޓާކޮށް ވިލަރެސްކުރަމުން. މީގެ ބޭނުމަކީ ފުލުހުންގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ތަރުތީބުކޮށް، ކުއްލި ހާލަތްތަކަށް ވީހާވެސް އަވަހަށް އެޓެންޑްވެ، އަމާން މާހައުލެއްގައި އިންތިހާބުގެ ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުން.
އޮޕަރޭޝަން ބްލޫ ރޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައްލަވާލައްވަނީ / ފޮޓޯ: ޕޮލިސް
04 April 2026, 10:25
ޢާއިޝަތު ޝާޒްލީން
މާލޭ މޭޔަރު ކަމަށް ވާދަކުރާ މޫސާ އަލީ ޖަލީލް ވޯޓު ލައްވައިފި
މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވޯޓު ލައްވައިފި. އޭނާ ވޯޓު ލެއްވީ ކަލާފާނު ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް.
މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް
މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވޯޓު ލައްވައިފި / ފޮޓޯ: ދަ ޕްރެސް
04 April 2026, 09:58
ޢާއިޝަތު ޝާޒްލީން
ކުރީގެ ރައީސް ޔާމީން ވޯޓު ލައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލައްވައިފި. ޔާމީން ވޯޓު ލައްވާފައި ވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ހުރި މައްޗަން ގޯޅި މެދު ދާއިރާގެ ޓީ-4.15-404 ނަންބަރު ވޯޓު ފޮއްޓަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލައްވަނީ
04 April 2026, 09:54
ޢާއިޝަތު ޝާޒްލީން
މާލޭގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް ވޯޓު ލައްވައިފި
މާލޭގެ މޭޔަރު ކަމަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވޯޓު ލައްވައިފި. އާޒިމް ވޯޓު ލައްވާފައި ވަނީ މާފަންނު މަދަރުސާގައި ހުރި ވޯޓު ފޮއްޓަށް.
މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް އާދަމް އާޒިމް ވޯޓު ލައްވައިފި / ފޮޓޯ: ދަ ޕްރެސް
04 April 2026, 09:35
ޢާއިޝަތު ޝާޒްލީން
ފުލުހުން: މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، އަމާން އިންތިހާބީ މާހައުލެއް ކަށަވަރުކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރިއްޔާ
04 April 2026, 09:19
ޢާއިޝަތު ޝާޒްލީން
ހުރިހާ މަރުކަޒެއްގެ ވޯޓުލުން ކުރިއަށް ދަނީ: އީސީ
އިލެކްޝަންސް ކޮމިޝަން (އީސީ) : މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ގާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ވަނީ ފެށިފައި.
04 April 2026, 09:19
ޢާއިޝަތު ޝާޒްލީން
މެޑަމް ސާޖިދާ ވޯޓު ލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވޯޓު ލައްވައިފި. އެކަމަނާ ވޯޓު ލައްވާފައި ވަނީ އަމީނިއްޔާ ސްކޫލްގެ ހޯލުގައި ހުރި ވޯޓު ފޮއްޓަށް.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްަމދު ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް
04 April 2026, 09:02
ޢާއިޝަތު ޝާޒްލީން
ވޯޓުލުމަކީ ފަރުދީ ޒިންމާއެއް؛ ވޯޓުލާން އަވަސްވެގަނޭ
https://thepress.mv/165299
ވޯޓުލުމަކީ ހަމައެކަނި މަދަނީ ވާޖިބެއް ނޫން. އެއީ ދިމިގްރާތީ ނިޒާމުގެ ބިންގަލެއް. މިއަދު މި ބޭއްވޭ އިންތިހާބުތަކަކީ ރައްޔިތުންގެ ބާރުވެރިކަން ދައްކުވައިދޭ މުހިންމު ދުވަހެއް. މި އިންތިހާބުތަކުގައި ބައިވެރިވުމުން ދިވެހި ރައްޔިތުން އެކުރަނީ ގައުމުގެ ހަމަޖެހުމާއި، ތަރައްގީއާއި، ދިމިގްރާތީ އުސޫލުތައް ދެމެހެއްޓުމަށް ކުރާ އަގުހުރި މަސައްކަތެއް. މިއީ ދިމިގްރާތީ ނިޒާމު ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ ވަސީލަތެއް. އެހެންކަމުން، ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ގައުމުގެ ކުރިމަގު ބައްޓަންކުރުމަށް ވޯޓުލާން ނުކުތުމަކީ ނުހަނު ބޭނުންތެރި ކަމެއް.
04 April 2026, 09:01
ޢާއިޝަތު ޝާޒްލީން
ރައީސް މުއިއްޒު ވޯޓު ލައްވައިފި
04 April 2026, 08:50
ޢާއިޝަތު ޝާޒްލީން
https://thepress.mv/165305
މި އިންތިހާބުތަކުގެ ވޯޓުލާން ދާ ފަރާތްތަކަށް ތިން ކަރުދާސް ލިބޭނެ ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބުނި ނަމަވެސް އެ ނިންމުން އީސީން ވަނީ ރޭ ބަދަލުކޮށްފަ. އެކަމާ ގުޅިގެން އެމްޑީޕީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
04 April 2026, 08:35
ޢާއިޝަތު ޝާޒްލީން
މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަދި ޕާކް ކުރުން މަނާ ސަރަހައްދުތައް ފުލުހުން ހިއްސާކޮށްފި
04 April 2026, 08:31
ޢާއިޝަތު ޝާޒްލީން
އިސްކަންދަރު ސްކޫލްގައި ވޯޓު ލާން ކިއުގައި
އިސްކަންދަރު ސްކޫލުގައި ވޯޓު ލާން މީޙުން ކިއުގައި ޖެހެނީ / ފޮޓޯ: ދަ ޕްރެސް
04 April 2026, 08:02
ޢާއިޝަތު ޝާޒްލީން
8 ޖެހުމާއެކު ވޯޓު ލުން ފަށައިފި
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރިފެރަމްޑަމް ވޯޓު ލުން ފަަށައިފި. ވޯޓު ލުމަށް ތައްޔާރުވެ އިށީގެ އޮފިޝަލުން މަރުކަޒުތަކުގައި ހަރަކާތްތެރި ވަމުން އަންނަ އިރު، ވޯޓޫ ލާން މީހުން އަންނަނީ މިހާރު ކިއު ހަދަމުން.
ވޯޓު ލާ މަރުކަޒަށް ވޯޓުލާން ދާ މީހުން މައުލޫމާތު ސާފުކުރަނީ / ފޮޓޯ: ދަ ޕްރެސް
04 April 2026, 07:50
ޢާއިޝަތު ޝާޒްލީން
ވޯޓު ލާން ފެށުމަށް ތައްޔާރުވެއްޖެ
04 April 2026, 07:50
ޢާއިޝަތު ޝާޒްލީން
https://thepress.mv/165295
ފުލުހުންނާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މާދަމާ ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނެ. މި ތިން ކަރުދާހުގެ ތެރެއިން އެ މީހަކު ބޭނުންވާ އިންތިހާބެއްގައި އެކަނި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ. ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ނަމަ، އެކަން ވޯޓުލާ މަރުކަޒުގައި ތިބި އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާން ކުރާނެ ކަމަށެވެ. މިގޮތަށް އަމަލު ކުރަނީ ވޯޓުލުމުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ފަހުން ދިމާވެދާނެ މައްސަލައަކަށް މަގުފަހިނުކުރުމުގެ ގޮތުން ކަމަށް ޒާހިދު ވިދާޅުވި