އެމެެރިކާއިން ބައިވެރިވެ އިޒްރޭލުން މިއަދު އީރާނަށް ދިން ފުރަތަމަ ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލައިފި ކަމަށް ނަތަންޔާހޫ ބުނެފިއެވެ.

މީގެ ގަޑިއެއްހާއިރު ކުރިން ނަތަންޔާހޫ ދިން ބަޔާނެއްގައި ބުނެފައި ވަނީ، މިއަދުގެެ ފުރަތަމަ ހަމަލާތަކުގައި ހާމަނާއީގެ އޮފީސް ކޮމްޕައުންޑް ބިމާ ހަމަކޮށްލާފައި ވާނެ ކަމަށާއި އެ ހަމަލާގައި ހާމަނާއީގެ އިތުރުން ޑިފެންސް މިނިސްޓަރުވެސް އަވަހާރަ ކޮށްލި ކަމަށެވެ.

ނަތަންޔާހޫގެެ ވާހަކަތައް ދޮގު ކުރައްވައި އީރާނުގެ ހާރިޖީ ވަޒީރުގެ އޮފީހުން ބުނެފައި ވަނީ ހާމަނާއީގެ އޮފީސް ކޮމްޕައުންޑަށް ހަމަލާ އަމާޒުވި ނަމަވެސް ހާމަނާއީ އަވަހާރަ ނުވާ ކަމަށެވެ. އަދި އީރާނުން ބުނެފައި ވަނީ އިޒްރޭލުން ކުރިއަށް ގެންދަނީ 'ސިނކުނޑިތަކާ ކުޅެލުމުގެ ހަނގުރާމައެއް' ކަމަށެވެ.

އަލްޖަޒީރާގެެ އީރާނުގެ ކޮރަސްޕޮންޑެންޓް ބުނެެފައިވަނީ އީރާނުގެ ލީޑަރު އަވަހާރަވި ކަމުގެ އެއްވެސް މައުލޫމާތެއް ނެތް ކަމަށާއި، ހާމަނާއީ އާއި އިސް ލިޑަޝިޕްގެ ބޭފުޅުން ހެޔޮހާލުކޮޅުގައި ތިއްބެވި ކަމަށް ހާރިޖީ ވަޒީރު އަގާޗީ ވިދާޅުވާ ކަމަށެވެެ.

އިޒްރޭލުން މި މޭރުމުން ވާހަކަ ދައްކާފައި ވުމުގެ އިތުރުން ރޮއިޓާސް ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ވަނީ އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ހާމަނާއީގެ ހަށިގަނޑު ފެނިއްޖެެ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ.

މިވާހަކައިގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވާއިރު، އީރާނުން ވަނީ ހާމަނާއީގެ ވީޑިއޯ މެސެޖެއް އާންމުކޮށް އީރާނުގެ ވެރިކަން ވައްޓާނުލެވޭނެ ކަމަށް އޭނާ ވިދާޅުވާ މެސެޖެއް އާންމުވެސް އާންމު ކޮށްފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 201 މީހަކު މަރުވެ 700 އަށް ވުރެ ގިނަ މީހުން އީރާނުން ޒަހަމްވެފައި ވާކަމަށް އީރާނުގެ ރެޑް ކުރެސެންޓުން ވަނީ ބުނެފައެވެ.