އޮއިވަރު މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
އޮއިވަރު މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އަދި 17 މެއި 2026 ގައެވެ. މި ކޮންފަރެންސް ކުރިއަށް ދާނީ ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.
މި ކޮންފަރެންސްގެ މަގްސަދަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި މި ދާއިރާގެ އެކި އެކި ފަރާތްތަކާއެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި، މަޝްވަރާތައްކޮށް މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުން ކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެ ބޭންކުން މުހިންމު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާ ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއެރުވުމަށްވެސް ބޭންކުން އިސްކަންދޭ ކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ.
