ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުވާލި ހައްޖު ޕްރޮމޯޝަނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވިފައިވަނީ

  1. ފާތިމަތު ޖަބީން
  2. މުފީދު އަބްދުލް ވައްހާބް
  3. ލުގުމާން މުހައްމަދު
  4. އަބްދުﷲ ފާލިލު
  5. އިބްރާހީމް ނަސީރު
  6. ސުހައިލް އިބްރާހީމް
  7. ސުވައިދު މުހައްމަދު
  8. ސަދާގަތު އަބްދުﷲ
  9. އަހްމަދު ނިޝާދު
  10. ސިނާން އަބްދުﷲ

މިދިޔަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވާލި މި ޕްރޮމޯޝަން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެން ގޮސްފައިވާއިރު މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުނެވެ. އަދި އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުން ދިޔަ ކަސްޓަމަރުންވެސް ވަނީ މި ޕްރޮމޯޝަނުގައި ހިމަނާފައެވެ.

މީގެ އިތުރުން މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުން ކުރަމުން ދިޔަ ކަސްޓަމަރުންވެސް ވަނީ މި ޕްރޮމޯޝަންގައި ބައިވެރިކޮށްފައެެވެ.