ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި އެވުޒާރާގެ އިސްވެރިން އަދި ރަށުގެ މުއައްސާތަކުގެ އިސްވެރިންނެވެ.
ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ މެޗު އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.
ފަސްޓްލޭޑީ މެޑަމް ސާޖިދާ ވަނީ މި މެޗު ބައްލަވާލައްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
އަދި މިފަދަ ފެންވަރު ރަނގަޅު ވޮލީބޯޅަ ކޯޓެއް ގާއިމުކުރުމަކީ އެ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
