އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެންބަރުގެ މަގާމަށް ރިފްއަތު އަބްދުﷲ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފިއެވެ.
އެ ކޮމިޝަންގެ މެންބަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެން މެންބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ ރިފްއަތުގެ ނަމެވެ.
އީސީގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ރިފްއަތުގެ ނަން ދިރާސާކުރަން މިއަދު މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު، މެންބަރު އަބްދުއްރަހުމާން، މެންބަރު ސޮލާހު ރަޝީދުގެ އިތުރުން މެންބަރ ހަަސަން ޒަކަރިއްޔާ އަދި މެންބަރު އަބްދުލްހަސީބު އިސްމާއީލެވެ.
