އެމްޓިސީސީ އިން ކުރިއަށް ގެންދާ "ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާހު ކޮށްފިއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި މި ޕްރޮމޯ ފައްޓާދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބްރުއަރީ 15 އިން ފެށިގެން މާޗް 31 2026 ގެ ނިޔަލަށެވެ.
އެމްޓިސީސީން ބުނީ މި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެ ކުންފުނީގެ ޔަންމާ ޔިންޖީނު ވިއްކުން ކަމަށެވެ. މި ޕްރޮމޯގެ ދަށުން ގަންނަ ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ. ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ޕްރޮމޯގައި ބައިވެރިވުމަށް 10 ޕަސެންޓްގެ ބުކިން ފީ އެއް މާޗް 31، ގައި ނުވަތަ އެ ދުވަހުގެ ކުރިން ދައްކާ އިންޖީނު އޯޑަރު ޔަގީން ކުރަންޖެހޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީއަކީ 'މޯލްޑިވްސް މެރިން އެކްސްޕޯ 2026' ގެ ކޯ ސްޕޮންސަރެކެވެ. މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން އައު މެރިން އުފެއްދުންތަކާ، ހިދުމަތްތައް ތައާރަފު ކުރާނެކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެމްޓީސީސީގެ ވިޔަފާރީގެ ބައިވެރިން ކަމުގައިވާ ޔަންމާ އާއި ކާސްޓްރޯލް ކުންފުނިތަކުގެ އިސް ވެރިންނާއެކު ޕެނަލްޑިސްކަޝަންތަކުގައި ބައިވެރިވ،ެ އަގުހުރި މައުލޫމާތުތަކެއް ހިއްސާ ކުރާނެ ކަމަށެވެ.
މީގެ އިތުރުނ،ް އެމްޓީސީސީ ކަށަވަރު ފޭސްބުކް ޕޭޖް މެދުވެރިކޮށް ލަކީޑްރޯއެއް ގައި ބައިވެރިވެވުމުގެ ފުރުސަތު ފެބްރުއަރީ 5، 2026 އިން ފެށިގެން ހުޅުވާލާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ލަކީ ޑްރޯ ކާމިޔާބު ކުރާ ފަރާތުގެ ނަން ފެބްރުއަރީ 8، 2026 ގައި މޯލްޑިވްސް މެރިން އެކްސްޕޯ ގެ ހަވާސާގައި އިއުލާން ކުރާނެކަމަށާ އަދި އެފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން އަންނަނީ ންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުނ،ް އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.
