މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށް ހދ. ކުޅުދުއްފުށީ ގައި ވޯކިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމަވައިފިއެވެ.

މިމަހުގެ 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންޓަވިއުތައް ކުރިއަށްދާނީ، އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޓީސީސީ މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫ ހިމެނެއެވެ.

މީގެ އިތުރުން، ދާއިރާއިން ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޑްރެޖް އޮޕަރޭޓަރު ޓްރެއިނީ އަދި ޑްރެޖް މެކޭނިކް ޓްރެއިނީގެ މަގާމަށްވެސް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މި އިންޓަވިއުތަކުގެ މައިގަނޑު މަގްސަދަކީ، ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުން ކަމަށެވެ. އަދި މިއީ، އެ ސަރަހައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ކުންފުނީގެ މަޝްރޫއުތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރާ މަސައްކަތެއްކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.