ރޮށި ނުވަތަ ފަރާޓާއާއެލު ލައިގެން ކާނެ އެއްޗެއް ނޭނގި ހާސްވެގެން އުޅުމުގެ ބަދަލުގައި ޕެޕާ ޗިކަން އަކުން މި މައްސަލައަށް ހައްލެއް ގެންނަމާ ހިނގާށެވެ. ގިނަ ފަހަރަށް ރޯދަ ވީއްލާ ގަޑި ކައިރި ވާވަރަކަށް ހަނދާނެ އެއްޗެއް ނޭނގި ހާސްވުމަކީ ގިނަ އަންހެން ވެރިންގެ ކަންބޮޑުވުމެކެވެ.

މިކަމަށް ފަސޭހަ ހައްލެއް ގެނެސްދިނުމުގެ ގޮތުން "ޕްރެސް ބަދިގެ" ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ރަހަ މީރުކޮށް އަވަހަށް ޕެޕާ ޗިކަން ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ކިލޯ ކުކުޅު (ކުދިކޮށް ކޮށާލުމަށްފަހު)
  • 2 ފިޔާ
  • 1 ޓޮމާޓޯ
  • 2 ލޮނުމެދު (ގާނާފައި)
  • އިނގުރު (ގާނާފައި)
  • 1 މޭޒުމަތީ ސަމްސާ ރީނދޫ
  • 4 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
  • ލޮނު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ލޮނުކޮޅަކާއި ރީނދޫކޮޅު އެޅުމަށްފަހު ކުކުޅުކޮޅު މެރިނޭޓު ކޮށްލާށެވެ. ދެން ތަވަޔަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު އަޅާލައި، މަތިޖަހާފައި މެދުގިނީގައި 2 ވަރަކަށް މިނެޓު ކައްކާލާށެވެ.

މުގުރާފައިވާ ލޮނުމެދާއި އިނގުރު އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހުފިޔާ އަދި ޓޯމާޓޯ ކޮށާ މިކްސްރަކަށް އެޅުމަށްފަހު ޕޭސްޓްގަނޑަކަށް ވަންދެން މުގުރާލާށެވެ. ކުކުޅުގެ ފެން ރަނގަޅަށް ހިނދުމުން މި ޕޭސްޓުގަނޑު އަޅާ ކައްކާލާށެވެ. އެއަށްފަހު އަސޭމިރުސް އަޅާ 2 ވަރަކަށް މިނެޓު ކައްކާލާށެވެ.

މިހާހިސާބުން މިއޮތީ ޕެޕާ ޗިކަން ތައްޔާރުކޮށްލެވިފައެވެ.