ޗީޒްކޭކް ކާ ހިތްވާ ފަރާތްތަކަށް މިއަދު މި ގެނެސްދެނީ ޗީޒްކޭކް ޝޭކެއް ތައްޔާރު ކޮށްލާނެ ފަސޭހަ ގޮތެއްގެ ރެސިޕީއެކެވެ. މިއީ ރޯދަ ވިއްލާ ގަޑީގައި ބޯލަން ރަނގަޅު ބުއިމަކަށް ވާނެއެވެ. އަދި މިއީ ސުފުރާ މަތި ފަޅުފިލުވަދޭނެ ބުއިމެއްކަންވެސް ޔަގީނެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ސްޓްރޯބެރީ އައިސްކްރީމް
  • 1/3 ޖޯޑު ކްރީމް ޗީޒް
  • 2 މޭޒުމަތީ ސަމްސާ ގެރިކިރު
  • 1/2 ޖޯޑު ފުލް ކްރީމް މިލްކް
  • ވެނީލާ އެސެންސް
  • 2 މޭޒުމަތީ ސަމްސާ ޔޯގަޓް
  • 4 މާރީ ބިސްކޯދު
  • 1 ބިސް
  • ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ކްރީމް ޗީޒް، ޔޯގަޓް، ހަކުރު، ބިސް، ވެނީލާ އެސެންސް އަދި ލޮނުކޮޅެއް އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން މައިކްރޮވޭވް އަށް 30 މިނެޓް އަށް ލުމަށްފަހު 15 ވަރަކަށް ސިކުންތައް ޖޭމުކޮޅު މައިކްރޯވޭވް ކޮށްލާށެވެ.

ޖޭމު މައިކްރޯވޭވް ކުރާނީ ވަކިންނެވެ. ދެން ކުޑަ ފެންކޮޅެއް އެޅުމަށްފަހު ބަހައްޓާށެވެ. އެއަށްފަހު މިކްސަރަކަށް އައިސްކްރީމް، ފުލް ކްރީމް މިލްކް އަދި ކްރީމް ޗީޒް އަޅާ އެއްކޮށްލާށެވެ. މި ތަކެތި ތައްޓަކަށް އެޅުމަށްފަހު މައްޗަށް ވިޕް ކްރީމާއި، ޖޭމް އަޅާށެވެ.

މާރީ ބިސްކޯދުވެސް ކުޑަކޮށް ފުނޑުކޮށްލުމަށްފަހު ރީތިގޮތަކަށް އަތުރާލާށެވެ. މިހާ ހިސާބުން މިއޮތީ ޗީޒްކޭކް ޝޭކެއް ތައްޔާރުކޮށްލެވިފައެވެ.