މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް ބެންކް އޮފް މޯލްޑިވްސް އިން އެއް ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން މަމްސް އެއިޑްގެ ބެކްޓު ސްކޫލް ކެމްޕޭނަށް އެއް ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިންކަމަށް ހާމަކޮށް ބުނީ މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ.

މި ކެމްޕޭނާ ބެހޭގޮތުން މަމްސް އެއިޑުން ބުނީ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށްވެސް ބީއެމްއެލް އިން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

އެގޮތުންން މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ބެކް ޓު ސްކޫލް ކެމްޕޭނަށް ހަދިޔާކޮށް، 100 ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.