ސަފާރީއެއްގައި ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބަނގުރާ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއިވާކަމަށާއި، އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ ޑިސެމްބަރު 31 ވަަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލާ ފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ:

  • އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ)
  • ރަސެލް މިއާ، ބަންގްލަދޭޝް (35އ)
  • ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ)
  • ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ)
  • ހ. ބިންމަތީއާގެ / މާލެ، މުހައްމަދު މަނިކު (52އ)

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝޭކަރު ހޮސައިން އާއި ރަސެލް މިއާ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށާއި، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ އާއި ތަރަކާ ސަމަން ކުމާރަ ދޭވަ 7 ދުވަހަށް އަދި މުހައްމަދު މަނިކު 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި މި ފެށުނު ނިއު އިޔާ އާއި ގުޅިގެން ބަނގުރަލުގެ ވިޔަފާރި ކުރުމާއި ބަނގުރާ ބޭނުންކުރުން ވަނީ އިތުރުވެފައެވެ. މިފަދަ ވިޔަފާރިކުރާ މީހުން ހުއްޓުވާ އެފަރާތްތައް ހައްޔަރުކުރުމަށް ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.