ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި 9 ފަހަރެއްގެ މަތިން ހޯދުމަށް އިއުލާންކުރި މީހެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ރޭޕްގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ، އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާ މައްސަލައަކާ ގުޅިގެން ޖުލައި 2024 އިން ފެށިގެން އިޒާމް ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
އެގޮތުން ނުވަ ފަހަރު ހޯދަން އިއުލާން ކޮށްފައިވާ މީހެއް ކަމަށް ބުނެ ނޫސްތަކުގައި މި މައުލޫމާތު ހިއްސާކުރަން އިޒާމް ވަނީ މިދިޔަ ހޮނިހިރު ދުވަހު އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ ތަފްސީލު ވަނީ ސިއްރުކޮށްފައެވެ.
