ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން އެތެރެކުރަން އުޅެނިކޮށް އެމްޕީއެލް ބަނދަރު ސަރަހައްދުންނެވެ. އަދި މިތަކެތީގެ އަގު 30 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މި މަސްތުވާތަކެތިތައް ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ވަނީ އޮޕަރޭޝަނެއް ފަށާފައެވެ.
"އަލިމަގު"ގެ ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.
