ވ. އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެފައިވަނީ "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ.

އެ ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އެމްޑީއެފްއިން އަދި މިހާތަނަށް ދީފައެއް ނުވެއެވެ. އެހެންކަމުން އެ ސަފާރީގައި ތިބީ ކިތައް މީހުން ކަމެއް ނުވަތަ އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.