ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ

  1. އަހްމަދު ޒިޔާން (48އ)، މއ. ގުލްބަކާގެ / މާލެ،
  2. ޒުހުރާ އަބްދުއްލަތީފް (54އ) ހ. ބްލޫސްކޫޕް / މާލެ،
  3. އިސްމާއީލް އައިކް މުހައްމަދު (19އ) މ. ދޮއްތަޑަފިގެ / މާލެ،
  4. އިސްމާއީލް ރަޝީދު (53އ) ހ. ހުދުކެލާ / މާލެ،
  5. ހަސަން ހަލީމް (42އ) މ. ރަނިކަ / މާލެ،
  6. އާޝިޔާ ހަލީމް (51އ) މ. ރަނިކަ / މާލެ،
  7. އަލީ އީވާން (43އ) މއ. އައިރީ / މާލެ،
  8. އާއިޝަތު ނަޒުމާ (44އ) އެތުމާގެ / ގދ. ގައްދޫ،
މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި މީހުން / ފޮޓޯ: ފުލުހުން

ފުލުހުން ބުނީ މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއީލް އައިކް މުހައްމަދު 5 ދުވަހަށް އަދި ދެންތިބި 7 މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.