މިއަހަރު ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 37.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި މަހުގެ 4 ވަނަ ދުވަހާ ހަމަައަށް ވަނީ 35،770.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އާމްދަނީއަށް ބަލާއިރު ޓެކްސްގެ ގޮތުގައި ވަނީ 26،759.2 މިލިއަން ރުފިޔާ ލިިބިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 32،341.1 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި މިއަހަރު ލިބުނު އާމްދަނީ އަށް ބަލާއިރު، މި އަހަރު ވަނީ 9.6 ޕަސެންޓްގެ ކުރި އެރުމެއް ލިބިފައެވެ.
މި މަހުގެ 4ވަނަ ދުވަހާ ހަމައަށް ދައުލަތުން ވަނީ 37،422.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ހަރަދުގެ ގޮތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 32،127.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެތެރެއިން މުސާރައާއި އެހެނިހެން އިނާޔަތްތަކަށް ވަނީ 13،359.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ހިންގުމުގެ ހަރަދަށް ވަނީ 18،745.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ބަޖެޓް ޕްރައިމަރީ ބެލެންސް 2662.2 މިލިއަން ރުފިޔާ އަރަނި ވެފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް ހުރީ 5933.2 މިލިއަން ރުފިޔާ ޑެފިސިޓްގައެވެ. މި އަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް ވަނީ 1652.5 މިލިއަން ރުފިޔާއިން ޑެފިސިޓް ވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 10،413.8 މިލިއަން ރުފިޔާގެ ޑެފިސިޓްގައެވެ.
