ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޖުމުލަ 16.65 ކިލޯމީޓަރު އެކުލެވޭ 75 މަގު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއ،ި ސާވިސް ލައިން އެޅުމާއި އަދި ގުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން ޕޭވްމަންޓެއް ހެދުމާއ،ި ދުއްވާ ސަރަހައްދެއް ގާއިމު ކުރުން އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 312.66 މިލިއަން ރުފިޔާއަށް 810 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.
އެމްޓީސީސީން ބުނީ 5047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރަކީ މިހާރުވެސް ޒަމާނީ ފެންވަރައް ގިނަ މަގުތަކެއް ހެދިފައިވާ ރަށެއް ކަމަށާއި، މިއަދު ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ދުވާފަރު އިތުރަށް ތަރައްގީވެ ހިނގާމީހުންނާއި ދުއްވާ އުޅަނދުތަކަށް އިތުރު ރައްކާތެރިކަމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތު ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވާފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް އެވެ. އަދ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، އަހުމަދު ސައުދީ އެވެ.
މި ރަސްމިއްޔާތުގައި، ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ދުވާފަރު ކައުންސިލް މެންބަރުންނާއ،ި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
