ބޭންކް އޮފް މޯލްޑިވްސްގެ މާސްޓާކާޑުން ވިޔަފާރި ކޮށްގެން ޔުއެފާ ޗެމްޕިއަންސް ލީގް 2026 ބަލާލން ދިއުމަށް ޕެރިހަށް ދަތުރު ކުރުމުގެ ފުރުސަތު ހޯދުމަށް ދެން ބާކީ އޮތީ 8 ދުވަސް ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން ނިމޭނެ ތާރީހަކީ މި މަހުގެ 15 ވަނަ ދުވަސް ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ކާޑުތަކަކީ ޕާސަނަލް މާސްޓާ ކާޑް ޑެބިޓް ކާޑު، މާސްޓާކާޑް ސްޓޭންޑަޑް / ގޯލްޑް /ޕްލެޓިނަމް / ވޯލްޑް ކްރެޑިޓް ކާޑުތައް އަދި ޕާސަނަލް މާސްޓާކާޑް ޕްރީޕެއިޑް ކާޑާއި ޓްރެވަލް ކާޑެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭވނީ މަތީގައި ބަޔާންކޮށްފައިވާ ކާޑުތަކުން ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތު ހަމަވުމުން 2 ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮވޭ ކޮންމެ ނަސީބުވެރިއަކާއެކު އެއް ފަރާތެއް ޕެރިހަށް ދިއުމަށް ގެންދެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކީ މި ޕްރޮމޯޝަން މުއްދަތުގައި ޖުމްލަ 15000 ރުފިޔާގެ ވިޔަފާރިކޮށްގެން ކޮލިފައިވާނެ ފަރާތެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. ޕެރިހަށް ދިއުމަށް ދެމީހުންނަށް ހަތަރު ދުވަހުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ އިރު އެމީހުންގެ ސްޓޭ ހަމަޖޭނީ ލަކްޒަރީ ހޮޓަލެއްގައި ކަމަށާއި އަދި ޕެރިހުހެ ހާއްސަ ތަންތަން ބަލާލަން ދިއުމުގެ ޓުއާ ވެސް ހަމަޖހެިގެން ދާނެ ކަމަށް ބިއެމްއެލް އިން ބުނެއެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގްގެ ޕީއެސްޖީ އާއި ނިއުކާސްލްގެ މެޗު ބަލާލަން ދިއުމަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ދެވަނައަށް ހޮވޭ ފަރާތަކަށް ޕެރިހަށް ތިން ދުވަހަށް ހުރުމަށް ކުރާ ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ދެވަނަ އަށް ހޮވޭ ފަރާތް ކޮލިފައިވާނީ މަދުވެގެން 12000 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ކަމަށާއި އެ ފަރާތާއެކުގައި ވެސް އިތުރު އެއް ފަރާތަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ލަކްޒަރީ ހޮޓެލްއެއްގައި ހުރުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގްގެ ޕީއެސްގީ އާއި ނިއު ކާސްލް ކުޅޭ މެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
މި ޕްރޮމޯޝަންގައި ހޮވޭ ފަރާތްތަކުގެ ފުރުން ހަމަޖެހިފައި ވަނީ އަން ޖެނުއަރީ މަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށާއި އަނބުރާ މާލެއަށް އައުން ހަމަޖެހިފައި ވަނީ އެ މަހުގެ 28 އަދި 29 ގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
