ސިނަމާލެ ބްރިޖުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 18:35 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލްގައި ތިބި ދެ ފިރިހެނުންކަން ފާހަގަކޮށް ފުލުހުން ބުނީ އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
މިއެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިހުސާންގެ ކާރުގައި ކަމަށްވާއިރު ސޯޝަލް މީޑިއާގައި ދަރުވަމުންދާ ވީޑިއޯތަކުން ވެސް އެ މީހުންނަށް މިނިސްޓަރު އެހީވާ މަންޒަރު ފެނެއެވެ.
އެގޮތުން މިނިސްޓަރު އިންނެވި ކާރު މަޑުކޮށް އިހުސާން ކާރުން ފައިބައިވަޑައިގެން އަނިޔާވި މީހުން ކާރަށް އެރުމަށް އެންގެވި މަންޒަރު ވެސް ފެނިގެންގޮސްފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވާއިރު ދެ މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވެއެވެ. ކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހިގީގު ކުރަމުންނެވެ.
