ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ސިކްސް ސެންސް ރ. ދުވާފަރު، ޝިބާ ރަޝީދުއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޝިބާ ރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝިބާ ގެއްލިގެން ހޯދަމުންދާކަން ފުލުހުން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ފަތިހު 05:55 އެހާކަންހާއިރު ޝިބާ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ހަމަ އެ ދުވަހު ރިޕޯޓުކޮށްފަައިވާ ކަމަށެވެ.
