ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ، ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށާއި، މި ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ލަންކާގެ އުތުރު އައްސޭރިފަށުގައި ކަމަށެވެ.
އަދި މި ތޫފާން ދަތުރު ކުރަމުން ދަނީ އުތުރުހުޅަނގުއުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗެރީ، އަދި އަންދްރާ ޕްރަދޭޝްގެ ދެކުނުގެ އައްސޭރިފަށާއި ދިމާއަށް، ރާއްޖެއާ ދުރަށް ކަމަށް ވެއެވެ.
މި ތޫފާނާއި ގުޅިގެން ހުދު ސަމާލު ނެރުނީ މެޓް އޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަަހައްދަށް ތޫފާން ވަނުމުންކަން ފާހަގަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ.
އަދި މޫސުން ރަނގަޅުވާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އިރުމަތީ އައްސޭރިފަށުގައި އުފެދެމުން އައި ކޮޅިގަނޑު، ފަހުން ވަނީ ތޫފާނަކަށް ބަދަލުވެފައިވާއިރު ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 47 މީހުން މަރުވެ، 21 މީހަކު ގެއްލިފައިވާ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.
